ހަބަރު

ތޮއްޑޫ ލޯކަލް އޮތޯރިޓީ ކޮމްޕެނީއަށް ކައުންސިލުން ވެހިކަލް ދެނީ
އއ. ތޮއްޑޫ ލޯކަލް އޮތޯރިޓީ ކޮމްޕެނީއަށް އެރަށު ކައުންސިލުން ވެހިކަލް ހަވާލު ކުރަން ނިންމައިފިއެވެ.

ހުޅުމާލޭގައި ހަދަން ނިންމާފައިވާ ބޮޑުކަންނެލި ފެސިލިޓީގެ މަސައްކަތް އަންނަ އަހަރު މެދުތެރޭގައި ނިންމައިލެވޭނެ: މިނިސްޓަރ ޝިޔާމް
ހުޅުމާލޭގައި ހަދާ ބޮޑުކަންނެލި ފެސިލިޓީގެ މަސައްކަތް އަންނަ މެދުތެރޭގައި ނިންމައިލެވޭނެ ކަމަށް ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ބީއެމްއެލްގެ ހައުސިން ލޯންތަކަށް ލުއި ބަދަލުތަކެއް
ބޭންކް އޮފް މޯލްޑިވްސް އިން ދޫކުރަމުން އައި ހައުސިން އާއި ގުޅުންހުރި ލޯނު ސްކީމް ތަކަށް ލުއި ބަދަލުތަކެއް ގެނެސްފިއެވެ.

އޭސީސީގެ ނައިބް ރައީސްއަކަށް ނާޝިދު
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ނައިބު ރައީސްގެ މަގާމަށް އައްޔަން ކުރައްވަން އިއްޔެ ފޮނުއްވި ނަމަށް ބަދަލު ގެންނަވައި އަލުން އާ ނަމެއް ރައްޔިތުންގެ މަޖިލިހަށް ފޮނުއްވައިފި އެވެ.

އައިސް ޕްލާންޓްތައް މިފްކޯގެ ދަށަށް ބަދަލު ކުރަނީ
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެނަކައާ ހަވާލުކޮށްފައި ހުރި ހުރިހާ އައިސްޕްލާންޓުތައް މި މަސް ތެރޭގައި ސަރުކާރުގެ މަސް ކުންފުނި މިފްކޯގެ ދަށަށް ނަގާނެ ކަމަށް ފިޝަރީޒް އެންޑް އޯޝަން ރިޒޯސަސް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

ކާޑެއްދޫ އެއާޕޯޓް ވިލާ ކުންފުނިން ވަކިކޮށްދިނުމަށް އެދިއްޖެ
ގދ. ކާޑެއްދޫ އެއާޕޯޓުގެ ހާލަތު ބޮއްސުން ލާފައިވާ ކަމަށާއި، އެ އެއާޕޯޓް ތަރައްގީ ކުރެވެނީ އެއާޕޯޓުގެ ހިންގުން ވިލާ ކުންފުނިން އަތުލައި، ސަރުކާރުގެ ދަށަށް ގެންގޮސްގެން ކަމަށް ރައްޔިތުން މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ސައުދުﷲ ހިލްމީ މިއަދު ވިދާޅުވެއްޖެ އެވެ.

ބޮންޑެޑްވެއާހައުސްތަކަކުން ސިނގިރެޓް ގެއްލުނު މައްސަލައެއްގައި ކަސްޓަމްސް އަށް ލިބެންޖެހޭ ފައިސާ ހޯދައިދިނުމަށް ބަންޑާރަނައިބް އޮފީހުގައި އެދިއްޖެ
ބޮންޑެޑްވެއާހައުސްތަކަކުން ސިނގިރެޓް ގެއްލުނު މައްސަލއެއްގައި ކަސްޓަމްސް އަށް ލިބެންޖެހޭ ފައިސާ ހޯދައިދިނުމަށް ބަންޑާރަނައިބް އޮފީހުގައި އެދިއްޖެ އެވެ.

ޖެނުއަރީ މަސް ނިމުނުއިރު ރަސްމީ ރިޒާވް ހުރީ 700 މިލިއަން ޑޮލަރުން މަތީގައި: އެމްއެމްއޭ
މިއަހަރުގެ ޖެނުއަރީމަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 700 މިލިއަން ޑޮލަރަށް ވުރެ މަތީގައިކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

ސަިޔާސީ މުވައްޒަފުންގެ މައުލޫމާތު ސިއްރުކުރަން ހައިކޯޓަށް ހުށަހެޅި މައްސަލަ ދައުލަތުން އަނބުރާ ގެންގޮސްފި
ސަިޔާސީ މުވައްޒަފުންގެ މައުލޫމާތު ސިއްރުކުރަން ހައިކޯޓަށް ހުށަހެޅި މައްސަލަ ދައުލަތުން އަނބުރާ ގެންގޮސްފައިވާކަމަށް ބަންޑާރަ ނައިބް އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

2024 ވަނަ އަހަރު ސިވިލްކޯޓުން 5432 މައްސަލަ ނިންމި: ސިވިލްކޯޓް
2024 ވަނަ އަހަރު ސިވިލްކޯޓުން 5432 މައްސަލަ ނިންމާފައިވާކަމަށް އެ ކޯޓުގެ ވޭތިވެދިޔަ އަހަރުގެ ތަފާސް ހިސާބު ރިޕޯޓުގައި ހާމަކޮށްފައި ވެއެވެ.

ސަރުކާރުން ޓެކްސީލައިންއެއް އުފައްދަވަން ނޫޅޭ ކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރ ވިދާޅުވެއްޖެ
ސަރުކާރުން ޓެކްސީލައިން އުފައްދަވަން ނޫޅޭ ކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރ ވިދާޅުވެއްޖެ އެވެ.

އޭސީސީގެ ނައިބްރައީސް ކަމަށް އައަޔނުކުރުމަށް އަހުމަދު ނާޝިދު ގެ ނަން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި
އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ނައިބު ރައީސްގެ މަޤާމަށް އައްޔަނުކުރުމަށް އެ ކޮމިޝަނަށް އަލަށް އައްޔަނުކުރި މެންބަރު އަހުމަދު ނާޝިދު ގެންނަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުވުމާ ގުޅިގެން އެ ނަން ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް ފޮނުވައިފި އެވެ.
