މާލެ: 31°C

މާއެނބޫދޫ ސިއްހީ މަރުކަޒަށް އިތުރުކުރި ބައި ހުޅުވައިފި

February 24, 2025
144 ފަހަރު ބަލާފައި
މާއެނބޫދޫ ސިއްހީ މަރުކަޒަށް އިތުރުކުރި ބައި ހުޅުވައިފި
ދ. މާއެނބޫދޫ ސިއްޚީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ހުޅުއްވައިދެއްވައިފި އެވެ. މި އިމާރާތް ހުޅުވައިދެއްވީ ރައީސް މިހާރު ދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

މި އިމާރާތަކީ މާއެނބޫދޫގެ ސިއްޚީ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށް އެޅި އިމާރާތެކެވެ. މީގެ ކުރިން ސިއްޚީ މަރުކަޒުގެ އިދާރީ މަސައްކަތްތަކާއި ޕަބްލިކް ހެލްތުގެ އެންމެހައި މަސައްކަތްތައް ކުރަމުން އައީ އެންމެ ކޮޓަރިއަކުންނެވެ.

އައު އިމާރާތުގައި ޕަބްލިކް ހެލްތު ޑިޕާޓްމަންޓުތަކާއި މާބަނޑު މީހުންގެ ކުލިނިކް ހިމެނެ އެވެ. މީގެ އިތުރުން ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވެދޭ ޚާއްސަ ކުލިނިކެއްވެސް މި އިމާރާތުގައި ޤާއިމުކޮށްފައިވެ އެވެ.

މި އިމާރާތް ހުޅުވުމާ ގުޅިގެން ސިއްޚީ މަރުކަޒުގެ އިދާރީ މަސައްކަތްތަކަށް ބޭނުންވާ މުވައްޒަފުން އިތުރުކުރެވި، ޕަބްލިކް ހެލްތު ޔުނިޓުގެ މަސައްކަތްތައް އިތުރަށް ފުޅާކުރެވިގެންދާނެ އެވެ. މިއީ މާއެނބޫދޫގެ ސިއްޚީ ޚިދުމަތްތައް ތަރައްޤީވެ، ކުރިއެރުމަށް ލިބިގެންދިޔا ވަރަށް މުހިންމު ކުރިއެރުމެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ