ހަބަރު

ސްޕްރީމް ކޯޓުގެ ބެންޗް ކުޑަކުރަން އައްމައްޗަށް ނަގައިގެން ވޯޓަށް އަހަން ނިންމައިފި
ސްޕްރީމް ކޯޓުގެ ބެންޗް ކުޑަކުރާ އިސްލާހަށް، އައްމައްޗަށް ނަގައިގެން ވޯޓަށް އަހަން ރައްޔިތުންގެ މަޖިލީހުން ނިންމައިފި އެވެ.

ޒަކިއްޔާގެ މަރާގުޅިގެން ހުށަހެޅި ކުއްލި 2 މައްސަލަވެސް މަޖިލީހުން ބަލައެއްނުގަތް
2024 ވަނަ އަހަރުގެ ސެޕްޓެމްބަރ މހުގެ 10 ދުވަހުގެ ފަތިހު ނ. ހޮޅުދޫގައި މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލަ ތަހުގީގު ކުރިއަށްދާ ގޮތާމެދު އެރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތަކާއެކު އެ މައްސަލަ ސަރުކާރުގެ ސަމާލު ކަމަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި 2 މައްސަލަ ވެސް ރިޔާސަތުން ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.

ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު 2 މަސް ނުވަނީސް 4 ލައްކައިން މައްޗަށް
ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު 2 މަސް ނުވަނީސް 4 ލައްކައިން މައްޗަށް އަރައިފިއެވެ.

ސުޕްރިމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ހުށަހެޅި ބިލު ކޮމިޓީން ނިންމައި މަޖިލިސް ތަޅުމަށް
ރާއްޖޭގެ އެންމެ މަތީ ކޯޓު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރަން ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލުގެ ކޮމިޓީގެ މަސައްކަތް މިއަދުން މިއަދަށް ނިންމައި، ތަޅުމަށް ފޮނުވަން ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފި އެވެ.

ސްޕްރީމް ކޯޓް ފަނޑިޔާރުން މަދުކުރާ ބިލު ބަލައިގަނެ މިއަދު ހަވީރު ކޮމެޓީ ކުރިއަށް ގެންދަނީ
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދު ކުރަން ކޯޓުތަކާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ރައްޔިތުންގެ މަޖިލީހުންބަލައިގަނެ، އެ ބިލް ދިރާސާ ކުރުމުގެ މަސައްކަތް މިއަދު ހަވީރު ފަށަން މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ނިންމައިފި އެވެ.

މަޖިލީހުން ފާސްކުރީ އިހްސާނަށް އިތުބާރު އޮތް ކަމަށް
ހޯމް މިނިސްޓަރު އަލީ އިހުސާނަށް ރައޔިތުންގެ މަޖިލީހުގެ އިތުބާރު އޮތްތޯ ބެލުމަށް ނެގި ވޯޓުގައި އިޙްސާނަށް އިތުބާރު އޮތް ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ސުޕްރީމް ކޯޓުުގެ ބެންޗު ފަހަކަށް ތިރިކުރުން: ނާޒިލް ވިދާޅުވަނީ ސަރުކާރުން އުޅެނީ ބޭނުންވާ ކަމެއް ނުވެގެން ކަމަށް
ސުޕްރީމް ކޯޓުގެ ބެންޗުގެ އަދަދު މަދުކުރަން މަސައްކަތް ކުރަނީ ސަރުކާރުން މި ވަގުތު ބޭނުންވާ ކަންތައްތަކެއް ކޯޓުގެ ތެރެއިން ނުކުރެވިގެން ކަމަށް ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު އަދި މަޖިލީހުގެ މައިނޯރިޓީ ލީޑަރު އިބްރާހިމް ނާޒިލް މިއަދު ވިދާޅުވެއްޖެ އެވެ.

ފަނޑިޔާރުުން މަދުކުރުމުގެ އިސްލާހު ކުރިއަށް ގެންދިއުމަށް ގާނޫނީ ހުރަހެއް ނެތް: މަޖިލިސް ރައީސް
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކޮށް ބެންޗު ކުޑަކުރަން ޖެހޭ ގޮތަށް ކޯޓުތަކުގެ ގާނޫނަށް އިސްލާހު ހުށަހެޅި ބިލު ގާނޫނު އަސާސީއާ ހިލާފުނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ދ. ރިނބުދޫގައި އަަލަށް ގާއިމްކުރާ ކައުންސިލް އިދާރާގެ ބިންގާ އަޅައިފި
ދ. ރިނބުދޫގައި އަަލަށް ގާއިމްކުރާ ކައުންސިލް އިދާރާގެ ބިންގާ އަޅައިފިއެވެ.

ރިނބުދޫގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި
ދ. ރިނބުދޫގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަށްޓަވައި ދެއްވައިފިއެވެ.

އުއްދު ދ. އަތޮޅު ރައްޔިތުުންނަށް ދީފި
ދ. އަތޮޅުގެ ރައްޔިތުންނަށް ޕިކްނިކް ދަތުރުތަކަށް ދެވޭނެ ރަށެއްގެ ގޮތުގައި ދ. އުއްދޫ ކަނޑައަޅައި، މިރެއިން ފެށިގެން އެ ރަށް އާންމުންނަށް ހުޅުވާލައިފި އެވެ.

ބެސްޓިނެޓް މައްސަލަގައި އެމްޑީޕީގެ ސަރުކާރުގެ ވެރިން އަޅާލައިފައި ނުވާ މައްސަލާގައި ޖިނާއީ ތަހުގީގެއް ހިންގަން އަމުރުކުރާނަން: ހޯމް މިނިސްޓަރ
ބެސްޓިނެޓް މައްސަލަގައި އެމްޑީޕީގެ ސަރުކާރުގެ ޒިންމާވާ ވެރިންގެ މައްޗައް ޖިނާއީ ތަހުގީގެއް ހިންގަން އަމުރުކުރައްވާނެކަމަށް ހޯމް މިނިސްޓަރ އަލީ އިޙްސާން ވިދާޚުވެއްޖެއެވެ.
