މާލެ: 31°C

ރައްޔިތަކަށް ބޮޑުކަމެއް ނުކޮށްދެވުނުތާނގައި، ނިޒާމް ފުނޑާލާ މަންޒަރުބަލާކަށް ދެން ނުހުރެވޭނެ: ޝެއިޙް އިމްރާން

February 24, 2025
242 ފަހަރު ބަލާފައި
ރައްޔިތަކަށް ބޮޑުކަމެއް ނުކޮށްދެވުނުތާނގައި، ނިޒާމް ފުނޑާލާ މަންޒަރުބަލާކަށް ދެން ނުހުރެވޭނެ: ޝެއިޙް އިމްރާން
ރައްޔިތަކަށް ބޮޑުކަމެއް ނުކޮށްދެވުނުތާނގައި، ނިޒާމް ފުނޑާލާ މަންޒަރުބަލާކަށް ދެން ނުހުރެވޭނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝެއިޙް އިމްރާން އަބްދުﷲ ވިދާޅުވެއެއްޖެއެވެ.

ރައްޔިތަކަށް ބޮޑުކަމެއް ނުކޮށްދެވުނުތާނގައި، ނިޒާމް ފުނޑާލާ މަންޒަރުބަލާކަށް ދެން ނުހުރެވޭނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝެއިޙް އިމްރާން އަބްދުﷲ ވިދާޅުވެއެއްޖެއެވެ.

ސްޕްރީމް ކޯޓުގެ ބެންޗު ކުޑަކުރުމަށް ސަރުކާރުން ގާނޫނަށް ގެންނަން ހުށަހަޅާފައިވާ ބަދަލާ ގުލޭގޮތުން އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ޝެއިޙް އިމްޜާން އަބްފުﷲ ވިދާޅުވެފައިވަނީ ރައްޔިތުންނަށް ފައިދާއެއް،ހެޔޮކަމެއް ކޮށްދީ، ދައުލަތުގެ ނިޒާމަށް ހެޔޮބަދަލެއް ގެނެސްދޭތޯ އެއްޗެއް ނުބުނެ ވަރަށް ކެއްކޮށްފިން ކަމަށާއި، ނަމަވެސް ރައްޔިތުންނަށް ބޮޑުކަމެއް ނުކޮށްދެވޭތާ މުޅި ނިޒާމު ފުނޑަމުންގޮސް ސްޕްރީމް ކޯޓުގައި އަތްލީމާ ދެން ހިމޭނަކުން ނުތިބެވޭނެ ކަމަށެވެ.

ކުރީ ސަރުކާރުގެ ހޯމް މިނިސްޓަރ ކަން ކުރައްވާފައިވާ ށެއިޙް އިމްރާން ރިޔާސީ އިންތިހާބަށްފަހު ދިރިއުޅުން ވަނީ ރާއްޖެއިން ބޭރަށް ބަދަލުކުރައްވާފައެވެ. އަދި އައު ސަރުކާރު ހިންގަން ފެށިފަހުން ސިޔާސީ ގޮތުން އެއްވެސް ކަހަލަ ބަސްފުޅެއް ވިދާޅުނުވެ ހުންނެވުމަށްފަހު އެމަނިކުފާނު އެކްސް ގައި ކުރައްވާފައިވާ އެ ޕޯސްޓަކީ އެމަނިކުފާނު އެނބުރި ރާއްޖޭގެ ސިޔާސީ ކަންކމުގެ ތެރެއަށް ވަޑައިގަންނަވާނެ ކަމުގެ އިޝާރާތެއްގެ ގޮތުގައި ބެލެވެއެވެ.

ޝެއިޙް އިމްރާނަކީ ރައީސް ޔާމިންގެ ސަރުކާރުގައިވެސް އެ ސަރުކާރާ ދެކޮޅަށް ރައްޔިތުން ނެރުމަށް އެކުލަވާލި ކޯލިޝަންގެ އެއްމެ އިސް ލިޑަރުކަން ކުރައްވާފައިވާ ބޭފުޅާއެވެ. އެގޮތުން މޭޑޭ ގެ މުޒާހިރާ އަކީ ޝެއިހް އިމްރާނުގެ ވަރަށްބޮޑު ބައިވެރިވުމަކާއެކު ރާއްޖޭގައި މިހާތަނަށް ބޭއްވި ސިޔާސީ އެއްމެ ބޮޑު އެއްވުމެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ