މާލެ: 31°C

ދ. މާއެނބޫދޫ ބިންހިއްކުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް ރައީސް ވިދާޅުވެއްޖެ

February 24, 2025
133 ފަހަރު ބަލާފައި
ދ. މާއެނބޫދޫ ބިންހިއްކުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް ރައީސް ވިދާޅުވެއްޖެ
ދ. މާއެނބޫދޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ދ. މާއެނބޫދޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މާއެނބޫދޫ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ފަހު ރައީސް ވިދާޅުވީ، އެ މަސައްކަތް ނިމޭއިރު ރައްޔިތުން ބޭނުންވާ ގޮތަށް ދެ ހެކްޓަރު ވަކި ރަށެއްގެ ގޮތުގައި ހިއްކާނެ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި މި މަޝްރޫޢު މިހާރު އޮތީ އީއައިއޭ ހެދުމުގެ މަރުހަލާގަ އެވެ. އަދި އެ މަސައްކަތް ނިމުމާއެކު މާއެނބޫދޫގެ 30 ހެކްޓަރުގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް ވިދާޅުވި އެވެ.

މާއެނބޫދޫގެ ރައްޔިތުން އެންމެ ބޭނުންވެފައިވާ ބިމުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން އިސްކަމެއް ދީގެން މަސައްކަތް ކުރަމުން ގެންދާ ކަމަށް ރައީސް ފާހަގަކުރެއްވި އެވެ. މާއެނބޫދޫގެ 30 ހެކްޓަރުގެ ބިން ހިއްކުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

މީގެއިތުރުން، އެރަށުގައި ގާއިމުކުރަމުންދާ މަލްޓީ ޕާޕަސް ހޯލުގެ މަސައްކަތް ވެސް އަންނަ މެއި މަހު ތެރޭގައި ނިންމާލެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ