މަސްވެރިންނަށްވެސް ރޯދަ އިނާޔަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅު މީދޫ އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ މުޚާތަބްކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ އެކި ފަންނުތަކުގައި މަސައްކަތް ކުރާ މީހުންނަށް ރޯދަމަހުގެ އިނާޔަތް ލިބޭނެ އިންތިޒާމު ކުރިޔަށް އޮތް ތަނުގައި ހަމަޖައްސަވާނެ ކަމަށެވެ.
އެގޮތުން މަސްވެރިންނަށް ރޯދަ އިނާޔަތް ހަމަޖެއްސުމުގެ ވިސްނުން ގެންގުޅުއްވާކަން ފާހަގަކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ އެކަން ކުރުމަށްޓަކައި އަދި ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައި ހުރި ކަމަށާއި، ގާނޫނީ ގޮތުން ކަންކަން ފަހިކޮށްގެން، ކުރިއަށް އޮތްތަނުގައި މަސްވެރިންނަށްވެސް ރޯދަ އިނާޔަތް ލިބޭ ގޮތް ހަދަން މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށެވެ. އަދި މަސްވެރިންގެ ދަފްތަރު އެކުލަވާލުމަށްފަހު މަސްވެރިންނަށް ކުރިޔަށް އޮތް ތަނުގައި ބޭންކިން ނިޒާމުގެ ތެރެއިން ލޯނު ނެގުމާއި އެސްޓީއޯގެ ކްރެޑިޓް ސްކީމުން ތަކެތި ނެގޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތްވެސް ކުރައްވަމުންގެންދަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި މަރުހަލާތަކުގެ ތެރެއިން ގޮސް، އަޅުގަނޑު އުއްމީދު ކުރަނީ، ދެެކެން ބޭނުން ވަނީ މާލަސްތަކެއް ނުވެ، ހަމަ ރޯދަ އިނާޔަތް ވެސް ލިބޭ ބަޔަކަށް އަޅުގަނޑުމެންނަށް ހަމަޖެެއްސޭނެ ކަަމަށް." ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.
މި އަހަރު އަލަށް ވަނީ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ވެސް ރޯދަ އިނާޔަތް ދޭން ނިންމައިފަ އެވެ.







