އައްޑޫގައި ފިރިހެން ދަރިވަރަކު ގްރޫމްކުރި ޓީޗަރު އަންހެން ވަޒީފާއިން ވަކިކޮށްފިއެވެ.
އައްޑޫގެ ސްކޫލެއްގެ އަންހެން ޓީޗަރަކު ފިރިހެން ދަރިވަރެއް ގްރޫމްކުރި މައްސަލައެއް މީސް މީޑިއާގެ ސަމާލުކަމަށް އައުމާ ގުޅިގެން މީގެ ކުރިން ފުލުހުން ވަނީ ސައުތު ޕޮލިސް ހިމެނޭ ރަށެއްގެ ސްކޫލެއްގެ އަންހެން ޓީޗަރަކު، އެ ސްކޫލުގެ ގްރޭޑް 8 ގެ ފިރިހެން ދަރިވަރެއް ގްރޫމްކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މިދިޔަ މަހުގެ 21 ވަނަ ދުވަހު ރިޕޯޓުކޮށްފައިވާ ކަމަށާއި، އެ މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަކަމަށް ބުނެފައެވެ.
އެމައްސަލައާއި ގުޅިގެން އެޑިއުކެޝަން މިނިސްޓަރީން އެކަން ބެލުމަށްފަހު ތުހުމަތު ކުރެވޭ ޓީޗަރު ވަޒީފާއިން މިހާރުވަނީ ވަޒީފާއިން ވަކިކޮސްފައެވެ.







