މާލެ: 31°C

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަދުކުރާ ބިލަށް ޕީއެންސީގެ މަޖިލިސް މެމްބަރުން ތާއީދުކުރަން އަންގައިފި

February 25, 2025
170 ފަހަރު ބަލާފައި
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަދުކުރާ ބިލަށް ޕީއެންސީގެ މަޖިލިސް މެމްބަރުން ތާއީދުކުރަން އަންގައިފި
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކޮށް ބެންޗުގެ އަދަދު ފަހަކަށް ބަދަލުކުރަން ޖެހޭ ގޮތަށް ގާނޫނަށް ބަދަލު ގެންނަ ބިލަށް ޕީއެންސީގެ ހުރިހާ މެންބަރުން ތާއިދުކުރަން ޕީއެންސީގެ ޕާލަމަންޓަރީ ގްރޫޕު (ޕީޖީ) ލީޑަރު އިބްރާހިމް ފަލާހު މިރޭ އަންގަަވައިފި އެވެ.

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކޮށް ބެންޗުގެ އަދަދު ފަހަކަށް ބަދަލުކުރަން ޖެހޭ ގޮތަށް ގާނޫނަށް ބަދަލު ގެންނަ ބިލަށް ޕީއެންސީގެ ހުރިހާ މެންބަރުން ތާއިދުކުރަން ޕީއެންސީގެ ޕާލަމަންޓަރީ ގްރޫޕު (ޕީޖީ) ލީޑަރު އިބްރާހިމް ފަލާހު މިރޭ އަންގަަވައިފި އެވެ.

އެ ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވާއިރު، ބިލު ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްސައްތާރު މުހައްމަދު (ސަޓޯ) އެވެ. އަބްދުއްސައްތާރު، ބިލު ހުށަހެޅުއްވީ އަމިއްލަ ހައިސިއްޔަތުންނެވެ.

ޕީއެންސީ މެންބަރުން ތިއްބަވާ ވަޓްސްއަޕް ގްރޫޕަކަށް މިރޭ ފޮނުވި މެސެޖެއްގައި ފަލާހު ވަނީ މާދަމާ އޮންނަ އެ ބިލުގެ އިބްތިދާއި ބަހުސް ގައި ޕީއެންސީގެ ހުރިހާ މެންބަރުން ބިލާ އެއްކޮޅަށް ވާހަކަ ދައްކަން އެދިވަޑައިގެންފަ އެވެ. އަދި ބިލަށް ވޯޓުދެއްވަންވެސް ފަލާހުގެ މެސެޖުގައި އެދިވަޑައިގެންފައިވެ އެވެ.

"...ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް، ހުރިހާ މެންބަރުންވެސް މި ބިލަށް ތާއިދުކޮށްދެއްވައި، ބަހުސް މަރުހަލާގައިވެސް ބިލަށް ތާއިދުކޮށް ވާހަކަފުޅު ދެއްކެވުން އެދެން" ފަލާހު ވިދާޅުވި އެވެ.

ބިލަށް ތާއިދުކޮށް މެންބަރުން ގާތު ފަލާހު އެދިވަޑައިގެންފައިމިވަނީ، ބިލާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް  ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ މެންބަރުންގެ ބައްދަލުވުމެއް ވެސް ބާއްވާފައި ވަނިކޮށެވެ.

  • ބައްދަލުވުމުގައި ގިނަ މެންބަރުންތަކެއް ބިލާ ދެކޮޅަށް ވާހަކަ ދެއްކެވި
  • ޕާޓީން ނެރޭ ވިޕްލައިނަށް އިހުތިރާމު ކުރުމަށް ގިނަ މެންބަރުން އެއްބަސްވި
  • ކޮންމެ ގޮތަކަށް ވިޕްލައިން ނެރުނަސް ވޯޓު ނުދޭނެ ކަމަށް ވެސް ބައެއް މެންބަރުން ވިދާޅުވި

ޕީޖީ ގްރޫޕު ބައްދަލުވުމުގައި ފާޅުގައި ބިލާ ދެކޮޅަށް ވާހަކަ ދެއްކި މެންބަރުންގެ ތެރޭގައި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން، މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އަދި ދާންދޫ ދާއިރާގެ މެންބަރު މުހައްމަދު ފަޒީލުގެ އިތުރުން ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސެއިން ޝަރީފް އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ