މާލެ: 31°C

މެޑިކަލް މާފިއާ އަށް، ބޭސްތައް ކޮންޓްރޯލް ކުރުމުގެ ފުރުސަތެއް ނުދޭނަން: ރައީސް ޑރ.މުއިއްޒު

February 25, 2025
148 ފަހަރު ބަލާފައި
މެޑިކަލް މާފިއާ އަށް، ބޭސްތައް ކޮންޓްރޯލް ކުރުމުގެ ފުރުސަތެއް ނުދޭނަން: ރައީސް ޑރ.މުއިއްޒު
މެޑިކަލް މާފިއާ އަށް، ބޭސްތައް ކޮންޓްރޯލް ކުރުމުގެ ފުރުސަތެއް ނުދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މެޑިކަލް މާފިއާ އަށް، ބޭސްތައް ކޮންޓްރޯލް ކުރުމުގެ ފުރުސަތެއް ނުދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅުގެ މީދު އަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ރޭ ދެއްކެވި ވާހަކަފުޅުގައި، ރައީސް ޑރ.މުއިއްޒު ވިދާޅުވީ ބޭސް ލިބުމުގައި ދަތިތަކެއް މިހާރު ކުރިމަތިވަމުންދާކަމަށާއި، އެކަމުގެ ސަބަބަކީ އެތައް ހާސް ޕަސެންޓެއްގެ ފައިދާއާ އެކު، އާސަންދައިން ނާޖާއިޒު ފައިދާ ނަގައި ބޭސް ވިއްކަމުން ދިޔަ ވިޔަފާރިތަކަށް، އެސްޓީއޯގެ އަގުތަކަށް ބޭސް ތިރިކުރަން މަޖުބޫރު ކުރުވުމުން އެފަރާތްތަކުން ބޭސް ތާށިކުރަމުން ދިމާވި ތާށިކަމެއް ކަމަށެވެ.

އެސްޓީއޯގެ ރޭޓަށް ތިރިކުރީމާ، ބޭސް ގެންނަ ފަރާތްތަކުން ދަތިކުރަން ފެށީ. ދަތިކުރަން ފެށީމާ ބޭސް މަދުވީ. މިއީ ދިމާވި މައްސަލައަކީ،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

އެރަސް މިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ.މުއިއްޒު އިތުރަށް ވިދާޅުވީ އެސްޓީއޯ މެދުވެރިކޮށް ބޭސް ގެނެސް، އެ ކުންފުނީގެ ރޭޓަށް އަގުތައް ތިރިކުރުމުގެ ކުރިން، ބޭސް ވިއްކާ ފަރާތްތަކުން ބޭސް ވިއްކަމުން ދިޔައީ 1،000-2،000 ޕަސެންޓުގެ ފައިދާގައި ކަމަށާއި، އެހެންކަމުން އެސްޓީއޯ މެދުވެރިކޮށް ބަލްކް ޕްރޮކިޔުމަންޓުގެ އުސޫލުން ރާއްޖެ އަށް ބޭސް އެތެރެކޮށް، އަގުހެޔޮކޮށް ފެންވަރު ރަނގަޅު ބޭސް ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުން މިހާރުވަނީ ފަށާފައި ކަމަށެވެ.

އެހެންވީމާ، މި މެޑިކަލް މާފިއާ އަށް، ބޭސްތައް ކޮންޓްރޯލް ކުރުމުގެ ޗާންސެއް އަޅުގަނޑުމެން ނުދޭނަން،" ރައީސް ޑރ.މުއިއްޒު ވިދާޅުވި އެވެ.

އަދިވެސް އިތުރަށް އެކަމުގެ ތަފްސީލު ދެއްވަމުން ރައީސް ވިދާޅުވީ، އެމްއެފްޑީއޭއިން ހުއްދަ ދީފައިވާ އަސާސީ ބޭހުގެ ލިސްޓުގައި ހުރި ހުރިހާ ބޭހެއް އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ރާއްޖެ އަށް އެތެރެކޮށް، އެސްޓީއޯގެ ބޭސް ފިހާރަތަކުން ލިބޭނެ އިންތިޒާމް ހަމަޖެހޭނެ ކަމަށާއި، އަދި އޭގެ އެއް މަސް ދުވަސް ފަހުން ރާއްޖޭގައި ބޭނުންކުރަން ހުއްދަ ދީފައިވާ ހުރިހާ ބޭހެއް އެސްޓީއޯގެ ބޭސްފިހާރަތަކުން ލިބޭނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

އެހެންވީމާ ޕްރައިވެޓް ސެކްޓަރުން ރައްޔިތުންނަށް އުނދަގޫ ކުރަން މި ކުރި މަސައްކަތް އަޅުގަނޑުމެން އެއްކޮށް ހައްލުކުރާނަން،" ރައީސް ޑރ.މުއިއްޒު ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވި ގޮތުގައި، ބޭހާ ގުޅޭގޮތުން މި އެޅި ފިޔަވަޅުތަކުން ދައުލަތުގެ ބަޖެޓުން 500 މިލިއަން ރުފިޔާ މިހާރުވަނީ ދައުލަތަށް ސަލާމަތް ކުރެވިއްޖެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ