މާލެ: 31°C

ކާބޯތަކެތި ވިއްކާ ތަންތަން އިންސްޕެކްޓް ކުރުުމުގެ ފުޅާ އޮޕަރޭޝަނެއް ފަށައިފި

February 24, 2025
113 ފަހަރު ބަލާފައި
ކާބޯތަކެތި ވިއްކާ ތަންތަން އިންސްޕެކްޓް ކުރުުމުގެ ފުޅާ އޮޕަރޭޝަނެއް ފަށައިފި
ރަމަޟާން މަހާ ދިމާކޮށް، މާލެ އާއި އަތޮޅުތަކުގައި ހުރި ފިހާރަތަކާއި މާރުކޭޓްތަކުން ވިއްކާ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މިއަދު މާސް އިންސްޕެކްޝަނެއް ފަށައިފިއެވެ.

ރަމަޟާން މަހާ ދިމާކޮށް، މާލެ އާއި އަތޮޅުތަކުގައި ހުރި ފިހާރަތަކާއި މާރުކޭޓްތަކުން ވިއްކާ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މިއަދު މާސް އިންސްޕެކްޝަނެއް ފަށައިފިއެވެ.

ހެލްތު މިނިސްޓްރީއާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީ ގުޅިގެން ކުރިއަށްގެންދާ މި އިންސްޕެކްޝަން މިއަދު ހެނދުނު 9:00 އިން ހަވީރު 16:00 އަށް ކުރިއަށްދާނެއެވެ. މި އިންސްޕެކްޝަންގެ މައިގަނޑު މަޤްޞަދަކީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނު (6/2024) އާއި އެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ މިންގަނޑުތަކާ އެއްގޮތަށް ކާބޯތަކެތި ވިއްކައި، ގުދަންކޮށް އަދި ގެންގުޅެމުންދޭތޯ ބެލުމެވެ.

މި އިންސްޕެކްޝަންގައި އިންސްޕެކްޓަރުން ބަލާނެ މައިގަނޑު ކަންތައްތަކުގެ ތެރޭގައި:

  • ފިހާރަތަކާއި މާރުކޭޓްތަކަށް ބުޅާ ފަދަ ޖަނަވާރުތައް ނުވަދެވޭ ގޮތަށް ޕެސްޓް ކޮންޓްރޯލް ކުރެވިފައިވޭތޯ ބެލުން،
  • ކާބޯތަކެތި ބަހައްޓާފައި ހުންނަ ރެކް، ޝެލްފް އަދި އައިސްއަލަމާރިތަކުގެ ހާލަތު،
  • ވަކި ފިނިހޫނުމިނެއްގައި ބެހެއްޓުމަށް އިރުޝާދު ދީފައިވާ ތަކެތި އެގޮތަށް ބަހައްޓާފައިވޭތޯ،
  • މުއްދަތު ހަމަވެފައިވާ ކާބޯތަކެތި ހުރިތޯ ޗެކްކުރުން ހިމެނެއެވެ.

ފާހަގަކޮށްލެވޭ ކަމެއްގެ ގޮތުގައި، ކާބޯތަކެތި ރައްކާތެރިކުރުމުގެ ޤާނޫނު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވީ 2024 ވަނަ އަހަރުގެ މޭ މަހުގެ 23 ވަނަ ދުވަހުއެވެ. އަދި މި ޤާނޫނަށް ޢަމަލުކުރަން ފަށާފައިވަނީ 2024 ވަނަ އަހަރުގެ އޮގަސްޓް 23 އިން ފެށިގެންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ