ހަބަރު

އެއްވެސް ގައުމަކުން އެކަހެރި ސިޔާސަތެއް ގެންގުޅެގެން ކުރިއަކަށް ނުދެވޭނެ: މަޖިލީހުގެ ނައިބްރައީސް
ސިޔާސީ މައިދާނުގައި ދޮގު މައުލޫމާތު ފެތުރުން އިތުރުވުމަކީ ކަންބޮޑުވާ ކަމެއް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ރޯދަވިޔަފާރިއަށް ބޮޑުތިލަދުންމަތިން މީހުން އަރައި އިހަވަންދޫ ފުރާލައިފި
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ އަކީ ހއ. ހދ. ށ (ބޮޑު ތިލަދުންމަތީގެ) އަތޮޅުތަކުގެ ރައްޔިތުން އަބަދުވެސް ވިޔަފާރިކަމުގޮސް ހަދާ ރަށެކެވެ. ހާއްސަކޮށް ހަފްތާ ބަންދާއި، ސްކޫލް ބަންދު ޗުއްޓީ ތަކުގައި އަބަދުވެސް އިހަވަންދޫގެ ފިހާރަތަކަށް ބާރުބޮޑުވެއެވެ.

މަސްވެރިންނަށް ކުރިއަށް އޮތީ ބަހާރު މޫސުމް: މިނިސްޓަރ ޝިޔާމް
މަސްވެރިންނަށް ކުރިއަށް އޮތީ ބަހާރުމޫސުމް ކަމަށް ޕިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އޯޓިޒަމާ ގުޅޭ ކުށްހީ ފިލުވަން ބުރަ މަސައްކަތްކުރަން ޖެހޭ: މެޑަލް ސާޖިދާ
އޯޓިޒަމްއާ ގުޅޭ ގޮތުން މީހުންގެ ކުށްހީތައް ފިލުވާލަން ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ރޭ ވިދާޅުވެއްޖެ އެވެ.

ސްކޫލުތަކުގެ ހިންގުމުގެ ނިޒާމު ސިޔާސީވާކަމުގެ ކަންބޮޑުވުން އެމްޑީޕީން ފާޅުކޮށްފި
ރައްޔިތުންގެ މަޖިލިހުގެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއީލު އަހްމަދު ނަސީމަށް ތައުރީފުކޮށް، ސޯޝަލް މީޑިއާގައި ޖަމާލުއްދީން ސްކޫލު (ޖޭއެސް) އާންމުކުރި ޕޯސްޓް ޑިލީޓުކުރި ގޮތަށް ބެލުމުން ސްކޫލުތަކުގެ ހިންގުމުގެ ނިޒާމަށް ސިޔާސީ ނުފޫޒު ވަދެފައިވާ މިންވަރު ހާމަވާ ކަމަށާއި އެ ކަމަކީ އެ ޕާޓީން ކަންބޮޑުވާ ކަމެއް ކަމުގައި އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފި އެވެ.

ކުޑަކުއްޖަކު ކޮންޓްރޯލް ކުރުމަށް ފުލުހަކު އަމަލުކުރިކޮށް ރިވިއުކުރަނީ
ރ. މީދޫ ގައި ފުލުހަކަށް ހަމަލާދިން ކުޑަކުއްޖަކު ކޮންޓްރޯލް ކުރުމުގައި ފުލުސް އޮފިސަރު އަމަލުކޮށްފައިވާ ގޮތުގެ ރިވިއުއެއް ހެދުމަށް ނިންމައިފި އެވެ.

24،000 ބިދޭސީން ގަވާއިދަށް ފައްތަައި، 6000 ޑީޕޯޓްކޮށްފި
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން މިހާތަނަށް ހަ ހާހަށްވުރެ ގިނަ ބިދޭސީން މޯލްޑިވްސް އިމިގްރޭޝަނުން، އަނބުރާ ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓްކޮށް، 24 ހާހަށްވުރެ ގިނަ ބިދޭސީން ގަވާއިދަށް ފައްތައިފިއެވެ.

އޯޕަން ގަވަރުމަންޓް ޕާޓްނާޝިޕް ޖަމިއްޔާގެ މެމްބަރަކަށް ރާއްޖެ ވެއްޖެ
އޯޕަން ގަވަރުމަންޓް ޕާޓްނާޝިޕް ޖެމިއްޔާ (އޯޖީޕީ)ގެ މެމްބަރަކަށް ދިވެހިރާއްޖެ ވެއްޖެ އެވެ.

ފުވައްމުލަކުސިޓީގައި ހިންގި މަސްތުވާތަކެތިވިއްކާ ނެޓްވޯކްތައް ނައްތާލެވިއްޖެ: މިނިސްޓަރ އިހްސާން
ފުވައްމުލަކުސިޓީގައި މަސްތުވާތަކެތިވިއްކާ ނެޓްވޯކްތައް އެއްކޮށްހެން ނައްތާލެވިފައިވާކަމަށް ހޯމް މިނިސްޓަރ އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

ރިޔާސީ ބަޔާން 2025: މަސްވެރިންނަށް ބޭންކުން ލޯނާއި އެސްޓީއޯ ކްރެޑިޓް ސްކީމުން ތަކެތި ނެގޭނެގޮތް މިއަހަރު ހަމަޖެހިގެންދާނެ
މަސްވެރިންގެ ދަފުތަރުގައި ރަޖިސްޓަރީވާ މަސްވެރިންނަށް ލުއި ލޯނާއި އެސްޓީއޯ ކްރެޑިޓް ސްކީމުން ތަކެތި ނެގޭނެގޮތް މި އަހަރުގެ ތެރޭގައި ހަމަޖެހިގެންދާނެކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ރިޔާސީ ބަޔާން 2025: ޤަވާއިދާ ޙިލާފް 6000 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓް ކޮށްފި
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ 6،000 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓުކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ފަރުވާ ލަސްވެ ވިހޭ ދަރިފުޅާއި މައިމީހާ ނިޔާވެއްޖެ
ގއ. ވިލިނގިލި ހޮސްޕިޓަލް ގައި ސިޒޭރިއަން ހެދުމަށް ފަހު، ވިހެއި ދަރިފުޅާއި މައި މީހާ ނިޔާވެއްޖެ އެވެ.
