ހަބަރު

ރަސްމީ ދަތުރުފުޅެއްގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އިންޑިއާއަށް
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު އިންޑިއާއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އާއި ނައިބް ރައީސްގެ މަޤާމަށް އައަޔަންކުރުމަށް 2 ބޭފުޅެއްގެ ނަން ރައީސް ޑރ. މުއިއްޒު ފޮނުވައިފި
އިލެކްޝަންސް ގެ ރައީސް ގެ މަޤާމަޤާމަށް އައްޔަނު ކުރުމަށް އެ ކޮމިޝަނުގެ މެމްބަރު ޑރ. މުހައްމަދު ޒާހިރު އަދި ނައިބް ރައީސް މަޤާމަށް އައަޔަނުކުރުމަށް އެ ކޮމިޝަނަށް ޖެނުއަރީމަހު އައްޔަނުކުރި މެމްބަރ އަބްދުއްރަހްމާން ސޮލާހު ރަޝީދު ގެ ނަން ރައީސް ޑރ. މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.

ކޯރާޑިން މީހެއްގެ ބޮލަށް ހަމަލާދިނުމަށްފަހު ފިލަން އުޅުނު ދެ މީހުންގެ ބަންދުމުއްދަތު ޖަހައިފި
ހުކުރު ދުވަހުގެ ރޭ 11:35 ހާއިރު ހުޅުމާލެ ރެހެންދި ޓާފަ ދަނޑުކައިރީ ހުރި މީހެއްގެ ބޮލުގައި ކޯރާޑިއަކުން ޖެހުމަށްފަހު ފިލަން އުޅެނިކޮށް ހައްޔަރުކުރި ދެ މީހުން ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އަމުރުކޮސްފިއެވެ.

ޑްރައިވަރުންގެ އިހްތިޖާޖުގެ ތެރެއިން ޓޯކުރި ޓެކްސީތައް ދޫކޮށްލައި ބަދަލު ދިނުމަށް ގޮވާލާ ކުއްލިމައްސަލައެއް މަޖިލީހަށް ހުސަޙަޅައިފި
2024 ވަނަ އަހަރުގެ ޑިސެމްބަރ މަހު ޓެކްސީ ޑަރައިވަރުން ހުޅުމާލޭގައި ބޭއްވުމަށް އިންތިޒާމްކުރި ސްލްހަވެރި މުޒާހަރާއަށް ފުލުހުން ހުރަސްއެޅި މައްސަލާގައްޔާއި ޑްރައިވަރުންގެ އިހްތިޖާޖުގެ ތެރެއިން ޓޯކުރި ޓެކްސީތައް ދޫކޮށްލައި ބަދަލު ދިނުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުދާއިރާގެ މެމްބަރ މީކާއިލް އަހްމަދު ނަސީމް މިއަދުވަނީ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅާފައެވެ.

ޓޫރިޒަމް ދާއިރާއާ ގުޅޭ ގޮތުން ހަދާ ގާނޫނާއި ގަވާއިދުތަށް އެއްވެސް ހާލެއްގައި އުނދަގުލަކަށް ވެގެން ނުވާނެ: ކްރައުން ނަޒީރު
ޓޫރިޒަމް ދާއިރާއާ ގުޅޭ ގޮތުން ހަދާ ޤާނޫނާއި ޤަވާއިދުތަކުން ފަހިކޮށްދޭން ޖެހޭނީ އެ ދާއިރާގެ ތަރައްގީ ކަމަށާއި، އެއްވެސް ހާލެއްގައި އެ ޤާނޫނުތަކާއި ޤަވާއިދު ތަކަކީ އުނދަގުލަކަށް ވެގެން ނުވާނެ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ ސެކްރެޓަރީ ޖެނެރަލް އަދި ކްރައުން ކުންފުނީގެ އެއް ހިއްސާދާރު އަހުމަދު ނަޒީރު ވިދާޅުވެއްޖެ އެވެ.

30 ކިލޯމީޓަރަށްވުރެ ބާރަށް ދުއްވުން ހުއްދަނޫން ސަރަހައްދުތަކުގައި ހެލްމެޓް އަޅައިގެން އުޅޭ ފަރާތްތަށް ހުއްޓުވައި ބަލާފަސްކުރާނެކަމަށް ފުލުހުން ބުނެފި
30 ކިލޯމީޓަރަށްވުރެ ބާރަށް ދުއްވުން ހުއްދަނޫން ސަރަހައްދުތަކުގައި ހެލްމެޓް އަޅައިގެން އުޅޭ ފަރާތްތަށް ހުއްޓުވައި ބަލާފަސްކުރާނެކަމަށް ފުލުހުން ބުނެފި އެވެ.

ކޯރާޑިއަކުން މީހެއްގެ ބޮލުގަ ޖަހާފަ ފިލަން އުޅުނު ބަޔަކު ހައްޔަރުކޮށްފި
ކޯރާޑިއަކުން މީހެއްގެ ބޮލުގަ ޖަހާފަ ފިލަން އުޅުނު ބަޔަކު ހައްޔަރުކޮށްފި އެވެ.

ސްޕްރީމް ކޯޓުގެ 3 ފަނޑިޔާރަކު ވަކިކޮށް، ސަރުކާރުގެ ފަރާތްތައް އައްޔަންކުރަން އުޅޭކަމަށް ތުހުމަތުކޮށް އެމްޑީޕީން ބަޔާނެއް ނެރެފި
ސްޕްރީމް ކޯޓުގެ 3 ފަނޑިޔާރަކު ވަކިކޮށް، ސަރުކާރުގެ ފަރާތްތަށް އައްޔަންކުރަން އުޅޭކަމަށް ތުހުމަތުކޮށް އެމްޑީޕީ އިން ބަޔާނެއް ނެރެފި އެވެ.

ހައުސްޕްލާޒާ ގައި ހިނގި އަލިފާނުގެ ހާދިސާއާއިގުޅިގެން 2 ގެއަކުން 55 މީހުންނަށް ދަނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެމުން: އެންޑީއެމްއޭ
ހައުސްޕްލާޒާ ގައި ހިނގި އަލިފާނުގެ ހާދިސާއާއިގުޅިގެން 2 ގެއަކުން 55 ފަރާތަކަށް ވަގުތީ ބޯހިޔާވަހިކަން ދެމުންދާކަމަށް އެންޑީއެމްއޭ އިން ބުނެފި އެވެ.

މަލާމާތްކުރި ކަމަށްބުނެ ފޭސްބްކް ޕޯސްޓް ޖެހި މީހާގެ މައްްޗަށް ދައުވާ ކުރާނެކަމަށް ލުބުނާ ވިދާޅުވެއްޖެ
އިންޓަވިއުއެއްގައި ނެޝަނަލް ޑްރަގް އެޖެންސީގެ ސީއީއޯ ގެ މަޤާމުގައިހުރި ލުބުނާ ޒާހިރު މަލާމާތްކުރި ކަމަށްބުނެ ފޭސްބްގައި ޕޯސްޓް ޖެހި މީހާގެ މައްްޗަށް ދައުވާ ކުރާނެކަމަށް ލުބުނާ ވިދާޅުވެއްޖެ އެވެ.

ދާއިމީ ބަލިތަކުގެ ބޭސް އާސަންދައާއި އެސްޓީއޯއިން ނުލިބޭ މައްސަލަ ބަލައިދިނުމަށް މެމްބަރު ކުޑޫގެ ސިޓީއެއް އާސަންދަ އެމްޑީއަށް
ދާއިމީ ބަލިތަކަށް ފަރުވާކުރާ ފަރާތްތަކުގެ މުހިއްމު ބައެއް ބޭސް އާސަންދަ އާއި އެސްޓީއިން ނުލިބޭ މައްސަލާގައި ގިނަ ބައެއްގެ ކަންބޮޑުވުން ހުށަހެޅުމުންދާކަމަށް ބުނެ އެކަން ހިނގާގޮތް ބަލައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އާސަންދައިގެ މެނޭޖިންގ ޑިރެކްޓަ އައިމިނަތު ޒީނިއާ އަށް ސިޓީއެއް ފޮނުވައިފިއެވެ.

ޝީ ބިލްޑިންގ ކުރިމަތީހުންނަ ހައުސް ޕްލާޒާ ގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
މާފަންނު ޝީ ބިލްޑިންގ ކުރިމަތީ ހުންނަ ހައުސް ޕްލާޒާ ގައި އަލިފާނުގެ ހާދިސާއެއް ހިގައިފިއެވެ.
