މާލެ: 31°C

މިހާތަނަށް މާލޭގެ 15000 އަށްވުރެ ގިނަ ގޭބީސީން މަސްދަޅުކޭސް ނަގައިފި

February 24, 2025
166 ފަހަރު ބަލާފައި
މިހާތަނަށް މާލޭގެ 15000 އަށްވުރެ ގިނަ ގޭބީސީން މަސްދަޅުކޭސް ނަގައިފި
ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ބަހަމުންގެންދާ މަސްދަޅުކޭށް މިހާތަނަށް މާލޭގެ 15000 އަށްވުރެ ގިނަ ގޭބީސީން ގެންގޮސްފައިވާކަމަށް ލޯކަލް ގަވަރުމަންޓް މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ބަހަމުންގެންދާ މަސްދަޅުކޭށް މިހާތަނަށް މާލޭގެ 15000 އަށްވުރެ ގިނަ ގޭބީސީން ގެންގޮސްފައިވާކަމަށް ލޯކަލް ގަވަރުމަންޓް މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

އެކަން ހާމަކުރައްވައި އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވީ މަސްދަޅު ކޭސް ދޫކުރަން މިހާރު ހަމަޖައްސާފައިވާ އިންތިޒާމުތަކާއެކު ވަރަށް ފަސޭހަކޮށް އެ އެކަން ކުރިއަށްދާ ކަމަށާއި، އަދި ހާއްސަ އެހީތެރިކަން ބޭނުންވާ އާއިލާތަކަށް އިތުރަށް ފަސޭހަ ކުރުމުގެ އިންތިޒާމުވެސް މިހާރު ހަމަޖެހިފައިވާނެ ކަމށެވެ.

މިހާތަނަށް ޖުމުލަ ފަނަރަ ހާސް ގޭބިސީއަށް (މާލޭ ސަރަހައްދުގައި) މަސްދަޅު ކޭސް ފޯރުކޮށްދެވިއްޖެ. މިހާރު ހަމަޖައްސައިދެވިފައިވާ އިންތިޒާމުތަކާއެކު ވަރަށް ފަސޭހަ ގޮތެއްގައި ކުރިޔަށްދާކަން އުފަލާއެކު ފާހަގަކުރަން. ރޯދަމަހުގެ ކުރިން މިއޮތް ދުވަސްތަކުގައި، މުޖުތަމައުގައި ޚާއްޞަ އެހީތެރިކަން ބޭނުންވާ އާއިލާތަކަށް އިތުރަށް ފަސޭހަކޮށްދިނުމަށް ސަމާލުކަންދީގެން ކުރިޔަށްގެންދާނަން. ހުރިހާ ގޭބިސީއަކަށް ލިބެންދެން ކުރިޔަށްދާނެކަމުގެ ޔަޤީންކަން އަރުވަން. ހުރިހާ ގޭބިސީތަކަށް ރޯދަ ހަދިޔާ ލިބޭނެ." މިނިސްޓަރ އާދަމް ޝަރީފް ގެ ޕޯސްޓްގައި ލިޔެފައިވެއެވެ.

ރޯދަ ހަދިޔާގެ ގޮތުގައު ދެނީ 48 ދަޅު ހިމެނޭ 180 ގްރާމްގެ ތެޔޮ މަސްދަޅު ކޭހެވެ. ސަރުކާރުން ހަދިޔާކުރާ މަސްދަޅުކޭސް މިހާތަނަށް ވަރަށްގިނަ ރަށްރަށުން ވަނީ ބަހައި ނިންމާފައެވެ. އެގޮތުން ގިނަ ރަށްރަށުގެ ކައުންސިލްތަކުން ސީދާ ގޭބީސީތަކަށް މަސްދަޅުކޭސް ވަނީ ފޯރުކޮށްދީފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ