މާލެ: 31°C

ރ. އަތޮޅު ކައުންސިލަށް ސިހުރު ހެދިކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފި

February 23, 2025
120 ފަހަރު ބަލާފައި
ރ. އަތޮޅު ކައުންސިލަށް ސިހުރު ހެދިކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފި
ރ. އަތޮޅު ކައުންސިލުގެ އިދާރާއަށް ސިހުރު ހެދިކަމުގެ ތުހުމަތުގައި 2 މީހަކު ހައްޔަރުކޮށްފި އެވެ.

ރ. އަތޮޅު ކައުންސިލުގެ އިދާރާއަށް ސިހުރު ހެދިކަމުގެ ތުހުމަތުގައި 2 މީހަކު ހައްޔަރުކޮށްފި އެވެ.

މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، ކައުންސިލުގެ އިދާރާއަށް ސިހުރާ ފަންޑިތަ ހަދާ ކަމުގެ ތުހުމަތުގައި ކޯޓު އަމުރުގެ ހައްޔަރުކުރީ ދިވެހި ދެ ފިރިހެނުން ކަމަށެވެ.

އެ މީހުން ހައްޔަރުކޮށްފައިވަނީ ހުކުރު ދުވަހު އެވެ. ފުލުހުން މިހާރު އަމަލުކުރާ އުސޫލުގެ ދަށުން އެ ދެ މީހުންގެ ވަނަވަރުވެސް ހިއްސާކޮށްފައިވެ އެވެ.

އެއީ:

  1. ރިވެލި، ރ. އުނގޫފާރު/ މުހައްމަދު އަމްޖަދު (61އ)
  2. ނަސީމީ ހިޔާ، ރ. އުނގޫފާރު/ މުހައްމަދު ވަހީދު (67އ)

އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ