ޣައްޒާގައި ވެރިކަން ކުރާ ޙަމާސްގެ ބެލުމުގެ ދަށުގައި ދިހަ އަހަރަށް ވުރެ ގިނަ ދުވަހު ތިބި ޔަހޫދީ ދެ އަސީރުން މިނިވަން ކޮށްފިއެވެ. އެ މީހުން މިނިވަން ކޮށްފައި ވަނީ ޙަމާސާއި ޔަހޫދީންނާ ދެމެދު ވެފައިވާ ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުންނެވެ.
2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ޔަހޫދީން ވަނީ ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ނައްތާލުމުގެ ނަމުގައި ޣައްޒާއަށް ޢުދުވާނީ ޙަމަލާތައް ދޭން ފަށައިފައެވެ. އެއީ އެ ދުވަހު ޙަމާސްގެ މުޖާހިދުން ޒަޔަނިސްޓުންނަށް އަމާޒުކޮށް ޖިހާދީ ޙަމަލާތަކެއް ދިނުމާ ގުޅިގެންނެވެ. އެއީ، ޔަހޫދީންގެ އަޅުވެތިކަމާއި އިސްތިޢުމާރީ ވެރިކަމަށް ކެތް ނުކުރެވިގެން ޙަމާސްގެ މުޖާހިދުން ދީފައިވާ ޙަމަލާއެކެވެ. އެ ދުވަހު ޙަމާސުން ވަނީ 250އެއްހާ މީހުން ރަހީނުކޮށްފައެވެ. ޔަހޫދީންގެ ޤަތުލުޢާންމު މެެދުކަނޑައިލާފައި ވަނީ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ޖަނަވަރީ 19ވަނަ ދުވަހު އަމަލު ކުރަން ފެށި އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގެ ދަށުން މިހާތަނަށް ފަސް ފަަހަރެއްގެ މަތިން ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުންނާއި ޔަހޫދީ ޖަލުތަކުގައި ތިބި ފަަލަސްޠީނުގެ ރައްޔިތުން ވަނީ ބަދަލު ކޮށްފައެވެ.
ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ޙަމާސުން އެންމެ ފަހުން މިނިވަން ކޮށްފައި ވަނީ ހަ އަސީރުންނެވެ. އޭގެ ތެރެއިން ދެ މީހުންނަކީ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ދިން ޖިހާދީ ޙަމަލާގެ ކުރިން ވެސް އެތައް އަހަރެެއް ވަންދެން ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި ދެ މީހުންނެވެ. އޭގެ ތެރެއިން އެކަކަކީ 2014ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޣައްޒާގެ ސަރަޙައްދުން ފެނިފައިވާ މީހެކެވެ. ދެވަނަ މީހާ އަކީ 2015ވަނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި އެ ސަހަރުން ފެނިފައިވާ މީހެކެވެ. އެ ދެ މީހުންނަކީ ވެސް ނަފްސާނީ މައްސަލަތަކެއް ކުރިމަތިވެފައިވާ ދެ މީހުންނެވެ.
އެ ދެ މީހުން މިނިވަން ކުރުމަށް ޙަމާސުން ވަނީ އެކި ފަހަރު މަތިން ޔަހޫދީ ސަރުކާރަށް ހުށަހަޅާފައެވެ. އެ ގޮތުން 2022ވަނަ އަހަރާއި 2023ވަނަ އަހަރު ވެސް އެ މީހުން މިނިވަން ކުރުމަށް ޙަމާސުން ހުށަހަޅާފައި ވެއެވެ. ނަމަވެސް ޔަހޫދީ ސަރުކާރުން އެ ހުށަހެޅުންތައް ޤަބޫލު ކޮށްފައެއް ނުވެއެވެ. ޙަމާސުން އަބަދު ވެސް ބުނަމުން ދަނީ އެ ޖަމާޢަތުން އަސީރުން ގެންދިޔުމުގެ ބޭނުމަކީ ޔަހޫދީންގެ އަތްދަށުގައި ތިބި އެތައް ހާސް ފަލަސްޠީނުގެ ރައްޔިތުން މިނިވަން ކުރުމަށް މަގުފަހި ކުރުން ކަމަށެވެ.
ހަމާސްގެ ބެލުމުގެ ދަށުގައި 10 އަހަރު ތިބި ޔަހޫދީ ދެ އަސީރުން މިނިވަން ޔަހޫދީންނަށް ހައިރާންކަން

ޣައްޒާގައި ވެރިކަން ކުރާ ޙަމާސްގެ ބެލުމުގެ ދަށުގައި ދިހަ އަހަރަށް ވުރެ ގިނަ ދުވަހު ތިބި ޔަހޫދީ ދެ އަސީރުން މިނިވަން ކޮށްފިއެވެ. އެ މީހުން މިނިވަން ކޮށްފައި ވަނީ ޙަމާސާއި ޔަހޫދީންނާ ދެމެދު ވެފައިވާ ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުންނެވެ.
ލިޔުން:
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
