ހަބަރު

ރިޔާސީ ބަޔާން 2025: ޣައްޒާގެ ބިމަކީ ފަލަސްތީނުގެ މިލްކެއް
ޣައްޒާގެ ބިމަކީ ފަލަސްތީނުގެ މިލްކެއް ކަމަށާއި، އެބިމުން އެމީހުން ނެރެން ކުރާ މަސައްކަތަށް ތާއީދު ނުކުރައްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ ބަޔާން 2025: ރިޒާވް 705 މިލިއަނަށް އިތުރުވާނެ
މި އަހަރު ރާއްޖޭގެ އިގުތިސޯދު 6.4 އިންސައްތައިން ކުރިއަރައި، ރަސްމީ ރިޒާވު 705 މިލިއަން ރުފިޔާއަށް އިތުރުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރިޔާސީ ބަޔާން 2025: އަންނަ އަހަރުގެ 2 ވަނަ ކުއާޓާއިން ފެށިގެން ކްރެޑީޓް ކާޑްތަކަށް 1400 ޑޮލަރު ލިބޭނެ
2026 ވަނަ އަހަރުގެ 2 ވަނަ ކުއާޓާރ އިން ފެށިގެން ކްރެޑިޓް ކާޑު ލިމިޓު ވެސް 750 ޑޮލަރުން 1،400 ޑޮލަރަށް ބޮޑު ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރިޔާސީބަޔާން 2025: އަންނަ އަހަރުން ފެށިގެން ބޭރަށް ފުރާ ދިވެހިންނަށް 1000 ޑޮލަރު ލިބޭނެ
އަންނަ އަހަރުން ފެށިގެން ރާއްޖެ އިން ބޭރަށް ފުރާ ކޮންމެ ދިވެއްސަކަށް މިހާރު ދޫކުރާ 500 ޑޮލަރު ގެ ބަދަލުގައި 1،000 ޑޮލަރު ލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރިޔާސީބަޔާން 2025: ހިޔާވަހި ފައިނޭންސިންގ ލޯނު ޖުލައިމަހުން ފެށިގެން ދޫކުރަން ފަށަނީ
ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކުރުމުގެ ވައުދުގެ ތެރޭގައި ހިމެނިގެން ހިޔާވަހި ފައިނޭންސިން ހައުސިން ލޯން އަންނަ ޖުލައި މަހުން ފެށިގެން ދޫކުރަން ފަށާނެ ކަމަށް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރިޔާސީބަޔާން 2025: އައްޑޫސިޓީ ލިންކްރޯޑް ހަދަން މިއަހަރު ފަށަނީ
އައްޑޫ ލިންކް ރޯޑް އަލުން ހެދުމުގެ މަސައްކަތް މި އަހަރު ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރިޔާސީބަޔާން 2025: މިއަހަރު އޮކްޓޯބަރުގެ ކުރިން ވެލާނާ އެއާޕޯޓްގެ އައު ޓާމިނަލުން ޚިދުމަތް ދޭން ފެށޭނެ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އައު ޓާމިނަލް ނިންމައި މި އަހަރު އޮކްޓޫބަރުގެ ކުރިން ޚިދުމަތްދޭން ފައްޓަވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރިޔާސީ ބަޔާން: ގެދޮރުވެރިޔާ ފްލެޓް ލިސްޓް މިމަމަހު އާއްމުކުރާނެ
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފަހިދިރިއުޅުން ކޯޕަރޭޝަނުން އިމރާތްކުރަމުންދާ 4000 ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓް މިމަހު އާއްމުކުރާނެކަމަށް 2025 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވައިދެއްވުމަށް މިއަދު ރައީސުލްޖުމްހޫރިއްޔާ އިއްވެވި ރިޔާސީ ބަޔާނުގައި ވިދާޅުވެއްޖެއެވެ.

ރިޔާސީބަޔާން އިއްވާ ޖަލްސާއިން އެމްޑީޕީ މެމްބަރުން ނެރެފި
2025 ވަނަ އަހަރުގެ ރިޔާސީބަޔާން އިއްވާ ޖަލްސާ ފެއްޓެވުމާއެކު އެމްޑީއަށް ނިސްބަތްވާ މެމްބަރުން އިހްތިޖާޖްކުރަން ފެށުމުން ނަން އިއްވައި މަޖިލީހުގެ ތަޅުމުން ނެރެފިއެވެ.

ޕީއެންސީގެ ޕީޖީ ބައްދަލުވުމުގައި ޢަބްދުއްރަހީމް ބައިވެރިއެއްނުވޭ!
މާދަމާ މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވާ ޖަލްސާ ބާއްވާއިރު އޭގެ ކުރިއަށް ބޭއްވި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ބައްދަލުވުމުގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް ބައިވެރިވެވަޑައިނުގަތް ކަން އެނގިއްޖެ އެވެ.

ލަމްހާ ބަންދުން ދޫކޮށްލޯ ގޯސްކޮށް ކަމަށް ހައި ކޯޓުން ކަނޑައަޅައިފި
އައިޖީއެމްއެޗުގައި މަސައްކަތްކުރަމުންދިޔަ ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލައިގައި ދައުވާ އުފުލައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ހަލީމަތު ލަމްހާ ބަންދުން ދޫކޮށްލީ ގޯސްކޮށް ކަމަށް ހައިކޯޓުން ކަނޑައަޅައިފި އެވެ.

މާލެ ސަރަހައްދުގެ 46000 އަށްވުރެ ގޭބީސީން ކަދުރު ގެންދިޔަ: އިސްލާމިކް މިނިސްޓްރީ
ސައުދީ އަރަބިއްޔާއިން ދިވެހިންނަށް ރޯދަމަހަށް ހަދިޔާކުރި 50 ޓަނުގެ ތެރެއިން މާލެ ސަރަހައްދުގެ 46،251 ގޭބީން ކަދުރު ގެންގޮިސްފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
