މާލެ: 31°C

ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީގެ ސީއީއޯ ސަސްޕެންޑް ކޮށްފި

February 24, 2025
176 ފަހަރު ބަލާފައި
ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީގެ ސީއީއޯ ސަސްޕެންޑް ކޮށްފި
ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) ގެ ސީއީއޯ އަހުމަދު އަނީސް ސަސްޕެންޑްކޮށްފި އެވެ.

ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) ގެ ސީއީއޯ އަހުމަދު އަނީސް ސަސްޕެންޑްކޮށްފި އެވެ.

ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އިން ހުޅުމާލޭގައި އިމާރާތްކުރި 300 ފުލެޓްގެ 3 ޓަވަރު އިމާރާތްތކުރުމުގައި މަސައްކަތް ހާވާލުކުރި އަގަށްވުރެ 2 ގުނަ އަގު ބޮޑުކޮށް އެމަސައްކަތަށް ޚަރަދުކޮށްފައިވާ މައްސަލައއާއި ގުޅިގެން އޮޑިޓަރޖެނެރަލް އޮފީހުން އެމައްސަލަ ތަހުގީގުކޮށް އެކަން ބަލައި ފިޔަވަޅުއެޅުމަށް އަންގާފައިވަނީކޮށް ކުއްލިއަކަށް ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) ގެ ސީއީއޯ އަހުމަދު އަނީސް ސަސްޕެންޑްކޮށްފައިވާ ސަބަބއެއް ހާމަކޮށްފައެއް ނުވެއެވެ.

އަނީސް ސަސްޕެންޑްކޮށްފައި ވަނީ އޭނަގެ މައްސަލަތަކެެއް ޕޮލްކޯގެ ބޯޑަށް ހުށަހަޅައި އެ މައްސަލަތައް ބަލަމުން އަންނާތީއެވެ. އޭނައާ ދެކޮޅަށް ހުށައެޅި ބަލަމުން އަންނަ މައްސަލާގައި ޖަވާބުދާރީވުމަށް އިއްޔެ ހާޒިރުވުމަށް އެންގި ނަމަވެސް ހާޒިރުވެފައެއް ނުވެއެވެ.

އަނީސް ޕޮލްކޯގެ ސީއީއޯ ކަމަށް އައްޔަންކުރީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ