މާލެ: 31°C

ރ. ފައިނުގައި އެއާޕޯޓް އަޅަން އެމްޓީސީސީއާ ހަވާލުކޮށްފި

February 23, 2025
91 ފަހަރު ބަލާފައި
ރ. ފައިނުގައި އެއާޕޯޓް އަޅަން އެމްޓީސީސީއާ ހަވާލުކޮށްފި
ރ. ފައިނުގައި އެއާޕޯޓް އަޅަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފި އެވެ.

ރ. ފައިނުގައި އެއާޕޯޓް އަޅަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފި އެވެ.

މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި ހުސްވި ޖެނުއަރީ މަހުގެ 23 ވަނަ ދުވަހު ފައިނު ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ އެ ރަށުގައި އެއާޕޯޓެއް އެޅުމަކީ ރަށުގެ އިތުރުން އެ ސަރަހައްދުގެ ރައްޔިތުންގެ ވަރަށް ބޮޑު އުންމީދެއްގެ އިތުރުން އިގުތިސޯދީ ކުރިއެރުމުގައި މުހިންމު ދައުރެއް އަދާކުރާނެ ކަމެއް ކަމަށެވެ.

ވުމާ އެކު އެއާޕޯޓު އެޅުމުގެ މަސައްކަތް މި މަހު އެމްޓީސީސީ އާ ހަވާލުކުރަން ނިންމާފައިވާކަން ރައީސް އެ ދުވަހު އިއުލާނުކުރެއްވި އެވެ.

އެމްއޭސީއެލުން މިއަދު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ވަނީ އެމްޓީސީސީ އާއެކު ފައިނު އެއާޕޯޓު މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރިކަން ހާމަކޮށްފަ އެވެ. މަޝްރޫއަކީ ރައީސްގެ ތަސައްވުރާ އެއްގޮތަށް ދަތުރުފަތުރުގެ ނިޒާމް ހަރުދަނާ ކުރުމާ އެކު ގައުމާއި ސަރަހައްދުގެ އިގުތިސޯދީ ކުރިއެރުމަށް މުހިންމު މަޝްރޫއެއްކަން ފާހަގަކޮށްފައިވެ އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އެއާޕޯޓު އަޅާ ސަރަހައްދަކީ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތްތައް ކޮށްފައިވާ ސަރަހައްދަކަށްވާތީވެ ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ. އެއާޕޯޓު އަޅަން ބޭނުންވާ ސަރަހައްދުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެނާއި ނަރުދަމާ މަޝްރޫއުގެ ބައެއް ކަންކަން ކުރިއަށް ގެންދިޔައީ އެއާޕޯޓު އެޅުމަށް ހުރަސް އެޅުމުގެ ގޮތުންކަން ރައީސް ފާހަގަކުރެއްވި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ