މާލެ: 31°C

ސްޓެލްކޯގެ މޯބައިލް އެޕަށް ޑީޑޮސް ހަމަލާތަކެއް އަމާޒުވެއްޖެ

February 23, 2025
108 ފަހަރު ބަލާފައި
ސްޓެލްކޯގެ މޯބައިލް އެޕަށް ޑީޑޮސް ހަމަލާތަކެއް އަމާޒުވެއްޖެ
ސްޓެލްކޯގެ މޯބައިލް އެޕަށް ޑީޑޮސް ހަމަލާތަކެއް އަމާޒުވެއްޖެއެވެ.

ސްޓެލްކޯގެ މޯބައިލް އެޕަށް ޑީޑޮސް ހަމަލާތަކެއް އަމާޒުވެއްޖެއެވެ.

ސްޓެލްކޯއިން ބުނީ، ރަމަޟާން މަހާ ދިމާކޮށް ސަރުކާރުން ހިންގަމުންދާ މަސްދަޅު ބެހުމުގެ ޕްރޮގްރާމަށް އޮންލައިން ޓޯކަން ދޫކުރަން ފެށި ވަގުތާ ދިމާކޮށް، އެ ކުންފުނީގެ މޯބައިލް އެޕްލިކޭޝަނަށް ބޭރު ގައުމުތަކުން ޑިސްޓްރިބިއުޓެޑް ޑިނައަލް އޮފް ސަރވިސް (ޑީޑޮސް) ހަމަލާއެއް ވަނީ އަމާޒުވެފައި ކަމަށެވެ.

އަދި އެ ހަމަލާގެ ސަބަބުން ކުޑަ ވަގުތުކޮޅަކަށް އެޕްލިކޭޝަންގެ ހިދުމަތް މެދުކެނޑުނު ކަމަށާއި ނަމަވެސް، މިހާރު ވަނީ އެ ހަމަލާތައް ކާމިޔާބުކަމާއެކު ހުއްޓުވާފައި ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

އެއަށްފަހު މިހާރު އެޕްލިކޭޝަންގެ ހިދުމަތް އަލުން ފޯރުކޮށްދޭން ފެށިފައި ވާނޭ ކަމަށާއި މި ކަމާއިގުޅިގެން ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށް މަޢާފަށް އެދޭކަމަށް ވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

ސަރުކާރުން ބަހާ ރޯދަ ހަދިޔާ މަސްދަޅުކޭސް ހޯދުމަށް އިއްޔެ ހުޅުވާލުމުން ގިނަ ބަޔަކު ދިގު ކިއުތައް ހެދިއެވެ. އަދި އެކަމަށް ލުޔެއް ހޯދައިދިނުމަށް ސަރުކާރުން މިހާރުވަނީ ރޯދަހަދިޔާ ހޯދަން ޓޯކެން ހޯދުމަށް ހާއްސަ ޕޯޓަލެއް ގާއިމުކޮށްފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ