މާލެ: 31°C

މިއަހަރުވެސް ރޯދަމަހު ކަރަންޓާއި ފެނުން ޑިސްކައުންޓް ލިބޭނެ: ރައީސް ޑރ.މުއިއްޒް

February 24, 2025
147 ފަހަރު ބަލާފައި
މިއަހަރުވެސް ރޯދަމަހު ކަރަންޓާއި ފެނުން ޑިސްކައުންޓް ލިބޭނެ: ރައީސް ޑރ.މުއިއްޒް
މިއަހަރުވެސް ރޯދަމަހު ކަރަންޓާއި ފެނުން ޑިސްކައުންޓް ލިބޭނެ ކަމަށް ރައީސް ޑރ.މުއިއްޒް ވިދާޅުވެއްޖެ އެވެ.

މިއަހަރުވެސް ރޯދަމަހު ކަރަންޓާއި ފެނުން ޑިސްކައުންޓް ލިބޭނެ ކަމަށް ރައީސް ޑރ.މުއިއްޒް ވިދާޅުވެއްޖެ އެވެ.

ދ.އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ކުޑަހުވަދޫގައި ވާހަކަފުޅުދައްކވަމުން ރައީސް ޑ.މުއިއްޒު ވިދާޅުވީ މިދިޔަ ރޯދަ މަހާއި އެއްގޮތަށް މި އަހަރުގެ ރޯދަމަހުވެސް ކަރަންޓާއި ފެން ބިލުން ޑިސްކައުންޓް ދޭނެ ކަމަށާއި މިފަދަ ކަންކަން އޮޅުވާލަން ބައެއް ފަރާތްތަކުން މަސައްކަތް ކުރާ ކަމަށާއި ދޮގު ހެދުމުން އެއީ ދޮގެއްކަން ދެނެގަތުމަކީ އެފަދަ ވާހަކަތައް އަޑުއަހާ މީހެއްގެ ޒިންމާއެއް ކަމަށް ރައީސް ވިދާޅުވެއްޖެ އެވެ.

ރޭ ކުޑަހުވަދޫ ރައްޔިތުންނާ މުޙަތަބްކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޑރ.މުއިއްޒް ވިދާޅުވީ މީހަކު ދައްކާހާ ވާހަކައެއް ބަލާލުމެއް ނެތި ގަބޫލުކުރުމަކީ ދީނީ ގޮތުން ބަލާއިރު ވެސް ހުއްދަ ކަމެއް ނޫން ކަމަށާއި އިވޭ ވާހަކަތަކުގެ ތެދު ދޮގު ބަލާ ބަޔަކަށް ވާންޖެހޭކަމަށެވެ.

ރޯދަ މަހު ކަރަންޓާއި ފެން ބިލުން ޑިސްކައުންޓް ދިނުމަށް ނިންމާފައިވާއިރު، މިފަހަރުގެ ރޯދަ މަހާއި ދިމާކޮށް ސަރުކާރުން ވަނީ ރާއްޖޭގެ ހުރިހާ ގޭބިސީއަކަށް މަސްދަޅު ކޭހެއް ހަދިޔާކުރުމަށް ވެސް ނިންމާފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ