މާލެ: 31°C

ސައިކަލް މަޑި ދަށުން ކިލޯ އަކަށްވުރެ ގިނަ މަސްތުވާތަކެތި ހޯދައިފި

February 22, 2025
57 ފަހަރު ބަލާފައި
ސައިކަލް މަޑި ދަށުން ކިލޯ އަކަށްވުރެ ގިނަ މަސްތުވާތަކެތި ހޯދައިފި
މާލޭގެ މަގެއްގައި ޕާކުކޮށްފައި ހުރި ސައިކަލެއްގެ މަޑިދަށުން ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި ހޯދައިފި އެވެ.

މާލޭގެ މަގެއްގައި ޕާކުކޮށްފައި ހުރި ސައިކަލެއްގެ މަޑިދަށުން ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި ހޯދައިފި އެވެ.

ފުލުހުންގެ ރަސްމީ ވެބްސައިޓުގައި މިރޭ ޝާއިއުކުރި ލިޔުމެއްގައި ބުނީ މަސްތުވާތަކެތި ހޯދީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިންޓެލިޖެންސް އާއި ޑްރަގު އެންފޯސްމަންޓް ގުޅިގެން މިދިޔަ ބުދަ ދުވަހު ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ.

އެ އޮޕަރޭޝަނުގައި ސައިކަލުގެ މަޑިދަށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއް ކިލޯއަށް ވުރެ ގިނަ އެއްޗެހި ފެނުނު ކަމަށް ފުލުހުން ބުންޏެވެ.

އެ ސައިކަލު ޓޯކޮށްފައިވާއިރު، މައްސަލަ އާ ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރެއް ނުކުރެ އެވެ.

ފުލުހުން މިިދިޔަ ބުދަ ދުވަހު ވަނީ ހުޅުމާލެ ފޭސް 1 ގައި ހުރި ގެއެއް ބަލައި ފާސްކޮށް، 14 ކިލޯގެ މަސްތުވާތަކެއްޗާ އެކު ޒުވާން އަންހެނަކު ހައްޔަރުކޮށްފަ އެވެ.

އޭގެ އިތުރުން އެ ދުވަހު ހުޅުމާލޭ ފޭސް 2 ހިޔާގެ އެޕާޓްމަންޓެއް ބަލައި ފާސްކުރުމުގެ ތެރެއިން މަސްތުވާތަކެއްޗާއި ބަނގުރާ ފެނުނު މައްސަލައެއްގައި 3 މީހަކު ވެސް ފުލުހުން ހައްޔަަރުކުރި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ