މާލެ: 31°C

މަސްދަޅު ކޭސް ބެހުން: އުސޫލަކަށް ފަހު އުސޫލެއް، އެންމެ ފަހުން ޓޯކަން އަދަދު އިތުރުކޮށްފި

February 23, 2025
180 ފަހަރު ބަލާފައި
މަސްދަޅު ކޭސް ބެހުން: އުސޫލަކަށް ފަހު އުސޫލެއް، އެންމެ ފަހުން ޓޯކަން އަދަދު އިތުރުކޮށްފި
މާލެ ސަރަހައްދުގައި ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ބަހާ މަސްދަޅު ކޭސް ބެހުމުގެ ކަންކަން ފަސޭހަކުރުމަށް ކޮންމެ މަރުކަޒަކަށް ދޫކުރާ ޓޯކަންގެ އަދަދު އިތުރުކުރުމަށް ނިންމާފައިވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފް ޢުމަރު މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އާދަމް ޝަރީފް ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ރޭ ރޯދަ ހަދިޔާ ދޫކުރުމުގެ ކަންކަން ވަރަށް އޮމާން އަދި ފަސޭހަ އިންތިޒާމްތަކެއްގެ ތެރެއިން ކުރިއަށް ގެންދެވުނު ކަމަށެވެ. އަދި މިކަމުގައި ރައްޔިތުންނަށް އިތުރަށް ފަސޭހަކޮށްދިނުމުގެ ގޮތުން މިރޭ 18:00 ގައި ޓޯކަން ދޫކުރަން އަލުން ފަށާއިރު ބައެއް ބަދަލުތައް ގެނައުމަށް ހަމަޖެހިފައި ވާކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިރޭ ޓޯކަން ދޫކުރަން ފަށާއިރު ކޮންމެ މަރުކަޒަކަށް ދޫކުރާ ޓޯކަންގެ އަދަދު ރެޔަށްވުރެ އިތުރުކުރާނެ ކަމަށެވެ. އަދި މިހާރު ޓޯކަން ނަގާފައިވާ ފަރާތްތަކުގެ ތެރެއިން ފަހުގެ ތާރީޚަކަށް ޓޯކަން ލިބިފައިވާ ފަރާތްތައް، ތާރީޚު އަވަސްކޮށް ރީޝެޑިއުލްކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މީގެއިތުރުން، ޓޯކަން ނެގުން ފަދަ ކަމެއްގައި ހައްލުކޮށްލަން ޖެހޭ ފަދަ ކަމެއް ކުރިމަތިވާ ފަރާތްތަކަށް އެކަން ހައްލު ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. އަދި މިރޭ ޓޯކަން ދޫކުރަން ފަށާއިރު، މިހާރު ޓޯކަން ލިބިފައިވާ ފަރާތްތަކަށް ހަމަ އެ ޓޯކަންއަށް ކުރިޔަށް ގެންދެވޭނެ ކަމަށް ވެސް ވަޒީރު އާދަމް ޝަރީފް ވިދާޅުވިއެވެ.

ވަޒީރު އާދަމް ޝަރީފް އިތުރަށް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ރޯދަމަހުގެ ކުރިން ހުރިހާ ފަރާތްތަކަށް ރޯދަ ހަދިޔާ ލިބޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށާއި، ހުރިހާ ގޭބިސީއަކަށް ލިބެންދެން މި މަސައްކަތް ކުރިއަށް ދާނެ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ