ބައެއް މިނިސްޓަރުންނާއި ބައެއް އެސްއޯއީތަކުގެ ވެެރިން ވެސް ބައިވެރިކޮށްގެން ޕީއެންސީ ޕީޖީ ގްރޫޕުގެ ބައްދަލުުވުމެއް މިއަދު ބާއްވައިފިއެވެ.
މި ބައްދަލުވުން ބޭއްވީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައެވެ.
މި ބައްދަލުވުމުގައި ސްޕޯޓްސް މިނިސްޓަރާއި ހަޔަރ އެޑިއުކޭޝަން މިނިސްޓަރުގެ އިތުރުން އެޑިއުކޭޝަން މިނިސްޓަރުވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އައިޖީއެމްއެޗާއި އާރްޑީސީ އާއި ފެނަކައިގެ އިތުރުން ސްޓެލްކޯގެ މެޖޭނިން ޑިރެކްޓަރުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި ދާއިރާތަކުގެ ހުރި ކަންކަމާ ބެހޭ ގޮތުން މަޝްވަރާކޮށް ވާހަކަ ދެއްކުނެވެ.
އަދި ކުރިއަށް ނުދާ ކަންކަމާއި އެކަންކަމުގެ އަޕްޑޭޓް ވެސް މި ބައްދަލުވުމުގައި މައުލޫމާތު ހިއްސާ ކުރިއެވެ.
މި ބައްދަލުވުމުގައި މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ވެސް ބައިވެރިވެވަޑައިގަތެވެ.
ޕީއެންސީ ޕީޖީ ބައްދަލުވުމެއްގައި މިނިސްޓަރުން މި ބައިވެރިވެވަޑައިގެންނެވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގުޅުމުން ބައެއް މިނިސްޓަރުން ފޯނު ނުނަންގަވާ ކަމަށް ވިދާޅުވެ ދިއްދޫ ދާއިރާގެ މެމްބަރު ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.







