މާލެ: 31°C

ރާއްޖޭގެ ފުރަތަމަ ސޯލާ ފެރީ އިންޑިއާގައި ބަނދެ ނިންމަނީ

February 22, 2025
29 ފަހަރު ބަލާފައި
ރާއްޖޭގެ ފުރަތަމަ ސޯލާ ފެރީ އިންޑިއާގައި ބަނދެ ނިންމަނީ
ރާއްޖޭގެ ފުރަތަމަ ސޯލާ ފެރީ އިންޑިއާގައި ބަނެ، އޭޕްރީލް މަހުގެ ތެރޭގައި އެ ފެރީ ރާއްޖެ ގެނެވޭނެ ކަމަށް އެ މަސައްކަތްކުރަމުންދާ އިންޑިއާގެ ނޭވަލްޓް ކުންފުނިން ބުނެފި އެވެ.

ރާއްޖޭގެ ފުރަތަމަ ސޯލާ ފެރީ އިންޑިއާގައި ބަނެ، އޭޕްރީލް މަހުގެ ތެރޭގައި އެ ފެރީ ރާއްޖެ ގެނެވޭނެ ކަމަށް އެ މަސައްކަތްކުރަމުންދާ އިންޑިއާގެ ނޭވަލްޓް ކުންފުނިން ބުނެފި އެވެ.

އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ނޭވަލްޓްގެ ސީއީއޯ ސަންދިތް ތަންދަޝްރީ ވިދާޅުވީ 5 ކްރޯޑު ރުޕީސް (10.3 މިލިއަން ރުފިޔާ) އަށް ބަނދެފައިވާ ފެރީ ގައި 75 ޕަސެންޖަރުންގެ ޖާގަ ހުންނާނެ ކަމަށެވެ.

ރާއްޖެ ގެންނަ ފެރީގެ މޮޑެލް އަށް އެ ކުންފުނިން ދީފައިވަނީ "އެޕޯލޯ" ގެ ނަމެވެ. ކަނޑު ގަދަ ދުވަސްތަކުގައިވެސް ދުއްވޭ ގޮތަށް ބަނދެފައިވާ ފެރީގެ ދިގުމިނުގައި 26 މީޓަރު އަދި ފުޅާމިނުގައި 7 މީޓަރު ހުންނާނެ އެވެ.

އެއް ފަހަރު ޗާޖުކޮށްގެން 240 ކިލޯމީޓަރަށް ދަތުރު ކުރެވޭނެ ކަމަށް ނޭވަލް އާކިޗެކްޓާއިން ޑިގްރީ ހާސިލުކޮށްފައިވާ ނޭވަލްޓުގެ ސީއީއޯ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރާއްޖެއިން އިތުރު އޯޑަރުތައް ލިބޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

އެ ކުންފުނީގެ ބަނދެފައިވާ ފުރަތަމަ ސޯލާ ފެރީ "އަދިތްޔާ" ލޯންޗުކޮށްފައިވަނީ ޖެނުއަރީ 12، 2017 ގަ އެވެ. ކެނެޑާ އަދި އިޒްރޭލަށްވެސް އެ ކުންފުނިން ފެރީތައް ގަނެފައިވެ އެވެ.

އަޖުމަ ބެލުމުގެ ގޮތުން ރާއްޖެެއަށް ސޯލާ ފެރީއެއް ރާއްޖެ ގެނައުމަށް ނިންމާފައިވާ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވަނީ ހުސްވި އަހަރުގެ އޮކްޓޫބަރު މަހު ވިދާޅުވެފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ