މާލެ: 31°C

އިމިގްރޭޝަންގެ ބެލުމުގައި ދަށުގައި ތިބި 17 މީހަކު ކާނާ ވިހަވެގެން ހޮސްޕިޓަލުން ފަރުވާދީފި

February 23, 2025
140 ފަހަރު ބަލާފައި
އިމިގްރޭޝަންގެ ބެލުމުގައި ދަށުގައި ތިބި 17 މީހަކު ކާނާ ވިހަވެގެން ހޮސްޕިޓަލުން ފަރުވާދީފި
ހުޅުމާލޭގައި ހުންނަ ބިދޭސީންގެ ޑިޓެންޝަން ސެންޓަރުން ކާނާ ވިހަވެގެން ހޮސްޕިޓަލުގައި އެޑްމިޓް ކުރި މީހުން ދޫކޮށްލުމުން އަނބުރާ ޑިޓެންޝަން ސެންޓަރަށް ގެންގޮސްފި އެވެ.

ހުޅުމާލޭގައި ހުންނަ ބިދޭސީންގެ ޑިޓެންޝަން ސެންޓަރުން ކާނާ ވިހަވެގެން ހޮސްޕިޓަލުގައި އެޑްމިޓް ކުރި މީހުން ދޫކޮށްލުމުން އަނބުރާ ޑިޓެންޝަން ސެންޓަރަށް ގެންގޮސްފި އެވެ.

އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ތިއްބާ ކާނާ ވިހަވެގެން ރޭ 17 ބިދޭސީއަކު ވަނީ ހުޅުމާލެ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދީފަ އެވެ.

ނަމަވެސް، މި ހާދިސާ ހިނގަން ދިމާވި ސަބަބާއި، ކޮން ބާވަތެއްގެ ކާނާއެއް ކެއުމުން މިކަން ދިމާވީކަން އަދި ސާފުވެފައި ނުވާ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދަމުން އަންނަކަމަށްވެސް އިމިގްރޭޝަނުން ބުނެފައިވެ އެވެ.

މި ހާދިސާ ހިނގުމުން ފުލުހުން ވަނީ ރޭ އެ ސަރަހައްދުގައި ހަރަކާތްތެރިވެފަ އެވެ. އަދި އެ ހާދިސާގެ ތަހުގީގު ކުރިއަށްދާ ކަމަށް ފުލުހުން މައުލޫމާތު ރޭ ދީފައިވެ އެވެ.

އިމިގްރޭޝަން ޑިޓެންޝަން ސެންޓަރުގައި ބަންދުގައި ތިބެނީ އިމިގްރޭޝަން ގާނޫނާ ހިލާފުވުމުގެ ސަބަބުން ރާއްޖެއިން ޑިޕޯޓްކުރުމަށް ހައްޔަރުކޮށްފައި ތިބޭ ބިދޭސީންނެވެ.

އިމިގްރޭޝަނުން ބުނީ ކާނާ ވިހަވި މީހުންނަށް ހުޅުމާލެ ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު އެމީހުން އަނބުރާ ޑިޓެންޝަނަށް ގެންގޮސްފައިވާ ކަމަށެވެ. 

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ