މާލެ: 31°C

ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ޕާކިންގައި ހުރި ވެހިކަލް ތަކަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ

February 23, 2025
103 ފަހަރު ބަލާފައި
ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ޕާކިންގައި ހުރި ވެހިކަލް ތަކަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ
މާލޭ، އަމީނީ މަގު ގާކޮށި ކުރިމަތިން ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލު ނުވެ ގޮސް ހިނގި އެކްސިޑެންޓެއްގައި އުޅަނދުތަކަކަށް މިއަދު ގެއްލުންވެއްޖެ އެވެ.

މާލޭ, އަމީނީ މަގު ގާކޮށި ކުރިމަތިން ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލު ނުވެ ގޮސް ހިނގި އެކްސިޑެންޓެއްގައި އުޅަނދުތަކަކަށް މިއަދު ގެއްލުންވެއްޖެ އެވެ.

މީޑީއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، އެކަމެއް ހިނގާފައިވަނީ ހެނދުނު 7:50 ހާއިރު ކަމަށެވެ.

އެ އެކްސިޑެންޓުގައި އެ ސަރަހައްދުގައި ޕާކްކޮށްފައި ހުރި 6 ސައިކަލަކާއި ކާރަަކަށް ގެއްލުންވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. ލިބުނު ގެއްލުނުތަކުގެ ތަފްސީލެއް ފުލުހުން ނުބުނެ އެވެ.

އަދި ބަޔަކަށް އަނިޔާވި ކަމެއްވެސް ފުލުހުން ނުބުނެ އެވެ.

ސޯޝަލް މީޑިއާގައި ދަރުވާ ފޮޓޯތަކުން ފެނޭ ގޮތުން ކާރަށް ވަނީ ގެއްލުންތަކެއް ލިބިފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ