ސްޕްރީމް ކޯޓުގެ ބެންޗް ކުޑަކުރާ އިސްލާހަށް، އައްމައްޗަށް ނަގައިގެން ވޯޓަށް އަހަން ރައްޔިތުންގެ މަޖިލީހުން ނިންމައިފި އެވެ.
މަޖިލީހުގެ ރިޔާސަތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އެ އިސްލާހަށް ވޯޓަށް އެހުން ރޯލް ކޯލް ވޯޓެއްގެ ގޮތަށް ކުރިއަށްގެންދަން ނިންމީ އިލެކްޓްރޯނިކް ވޯޓިން ސިސްޓަމަށް މައްސަލައެއް ދިމާވެފައިވާތީ ކަމަށެވެ. އަދި އެ ވޯޓު ކުރިއަށް ގެންދެވުމަށް ނިންމަވާފައިވަނީ މަޖިލީހުގެ ކޮންމެ މެމްބަރެއްގެ ނަން ވަކިން އިއްވަވައިގެން ކޮންމެ މެމްބަރަކު ވަކިން އަތްމައްޗަށް ހިއްލައިގެން ވޯޓަށް އެހުމަށެވެ.
ކޯޓްތަކާބެހޭ ޤާނޫނާށް ބަދަލުގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިނީ އިއްޔެއެވެ. އަދި އެ ބިލް މަޖިލީހަށް ބަލައިތުމަށްފަހު ޖުޑިޝަރީ ކޮމެޓީއަށް އެ ބިލު ފޮނުވައި ރޭ އެ ބިލުވަނީ ޖުޑިޝަރީ ކޮމެޓީން ދިރާސާކޮށް ނިންމާފައެވެ.







