މާލެ: 31°C

އުއްދު ދ. އަތޮޅު ރައްޔިތުުންނަށް ދީފި

February 25, 2025
154 ފަހަރު ބަލާފައި
އުއްދު ދ. އަތޮޅު ރައްޔިތުުންނަށް ދީފި
ދ. އަތޮޅުގެ ރައްޔިތުންނަށް ޕިކްނިކް ދަތުރުތަކަށް ދެވޭނެ ރަށެއްގެ ގޮތުގައި ދ. އުއްދޫ ކަނޑައަޅައި، މިރެއިން ފެށިގެން އެ ރަށް އާންމުންނަށް ހުޅުވާލައިފި އެވެ.

ދ. އަތޮޅުގެ ރައްޔިތުންނަށް ޕިކްނިކް ދަތުރުތަކަށް ދެވޭނެ ރަށެއްގެ ގޮތުގައި ދ. އުއްދޫ ކަނޑައަޅައި، މިރެއިން ފެށިގެން އެ ރަށް އާންމުންނަށް ހުޅުވާލައިފި އެވެ.

ދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދ. މީދޫއަށް ވަޑައިގެން ރައްޔިތުންނާ މުޚާޠަބު ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މިރޭއިން ފެށިގެން އުއްދޫއަކީ ދ. އަތޮޅުގެ ރައްޔިތުން ޕިކްނިކް ދަތުރުތަކަށް ގޮސް އުޅެވޭނެ ރަށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށެވެ.

މިހާތަނަށް ދ. އުއްދޫއަކީ މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދުގެ ރިސޯޓްތަކަށް ބޭނުންވާ ދަނޑުވެރިކަމުގެ ބާވަތްތައް އުފެއްދުމަށް ކުއްޔަށް ނަގާފައި އޮތް ރަށެކެވެ. އެ ރަށް މިހާތަނަށް ދ. އަތޮޅުގެ ރައްޔިތުންގެ ބޭނުންތަކަށް ލިބިފައެއް ނުވެ އެވެ.

ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، އެ ރަށް ވިޔަފާރި އުސޫލުން ކުއްޔަށް ނަގައިގެން ބޭނުންކުރަމުން ދިޔަ ފަރާތާއެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމާ ގުޅިގެން، އެ ރަށް ދަނޑުވެރިކަމާ ބެހޭ ވުޒާރާއާ ހަވާލުކޮށްފައިވެ އެވެ. އަދި އެ ވުޒާރާއިން މިރޭ ވަނީ އެ ރަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވުޒާރާއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

ރައީސް ވިދާޅުވި ގޮތުގައި މީގެ ފަހުން އެ ރަށް ބަލަހައްޓާނީ ސިޓީތަކާއި އިދާރީ ދާއިރާތަކުގެ ވުޒާރާއިން ކަމަށާއި، ދ. އުއްދޫއަށް ދަތުރުކޮށް އުޅުމުގެ ކަންކަން ވެސް އެ ވުޒާރާގެ ތެރެއިން ފަހިވެގެންދާނެ އެވެ. މިކަމާ ގުޅޭ އިތުރު ތަފްސީލުތައް ކުރިއަށް އޮތް ދުވަސްތަކުގައި އެ ވުޒާރާއިން އިޢުލާންކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

 

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ