ބެސްޓިނެޓް މައްސަލަގައި އެމްޑީޕީގެ ސަރުކާރުގެ ޒިންމާވާ ވެރިންގެ މައްޗައް ޖިނާއީ ތަހުގީގެއް ހިންގަން އަމުރުކުރައްވާނެކަމަށް ހޯމް މިނިސްޓަރ އަލީ އިޙްސާން ވިދާޚުވެއްޖެއެވެ.
ޕީއެންސީއަށް މެމްބަރުން އިތުރުކުރުމަށް ފޯމް ފުރުމުގައި ޑީއެންއާރުގެ ޑާޓާބޭސް އާއި ޑީއެންއާރުގެ އޮފީސް ބޭނުންކުރި މައްސަލާގައި އިތުބާރު ނެތް ކަމަށް އިދިކޮޅު އެމްޑީޕީން މަޖީލީހަށް ހުށަހެޅި މައްސަލައިގައި ޖަވާބާދާރީވަމުން ރައްޔިތުންގެ މަޖިލީހުގައި މިއަދު ދެއްކެވި ވާހަކަފުޅުގައި ޑީއެންއާރު ޑޭޓާ ބޭނުންކޮށްގެން ޕީއެންސީ އަށް މީހުން ވެއްދިކަމަށް ބުނާ މައްސަލާގައްޔާއި، ބެސްޓިނެޓް މައްސަލައިގައި އަހަރަކު 460 މިލިއަން ރުފިޔާ ދައްކަން ޖެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފައި އޮތް މައްސަލަ އަށް އިޝާރާތް ކުރައްވައި ކަން ހިނގާފައިވާ ގޮތާއި އެކަމުގެ ލިޔެކިޔުންތައް ވެސް މަޖިލިހާ ހިއްސާ ކުރައްވައިފަ އެވެ.
މިއަދުގެ ޖަލްސާގައި ޖަވާބްދާރީވުމަށް ދިން ފުުރުސަތުގައި މިނިސްޓަރ އިހްސާން ވިދާޅުވީ 13.7 މިލިއަން ޑޮލަރުގެ ގެއްލުމަކާ ކުރިމަތިލާން ޖެހޭ ބެސްޓިނެޓް މައްސަލަގައި އެމްޑީޕީގެ ސަރުކާރުގެ ވެރިން އަޅާލައިފައި ނުވާ ކަމަށާއި އެ ކުންފުނިން ދިވެހި ސަރުކާރާއި މުއާމަލާތްކުރުމަށް މިދިޔަ ވެރިކަމުގައި ކުރި އެއްވެސް މުއާމަލާތަކަށް ޖަވާބު ދީފައި ނުވާ ކަމަށާއި އެކަން އެނގި ތިބި ހުރިހާ ވެރިންގެ މައްޗަށް ޖިނާއީ ތަހުގީގެއް ކޮށްދިނުމަށް އެދި އޭސީސީ އަށް ހުށަހަޅުއްވާނެ ކަމަށެވެ.







