ދ. ރިނބުދޫގައި އަަލަށް ގާއިމްކުރާ ކައުންސިލް އިދާރާގެ ބިންގާ އަޅައިފިއެވެ.
މި އިމާރާތުގެ ބިންގާ އަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިލަންދެއަތޮޅު ދެކުނުބުރީގެ ރަށްރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ރިނބިދޫއަށް ވަޑާއިގެން އެކަމަށްޓަކާ ބޭއްވި ރަސްމިއްޔާތުގައެވެ.
މި ރަސްމިއްޔާތުގައި އޮފީސް އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު ޢާދަމް ޝަރީފް ޢުމަރުއެވެ.
މި މަޝްރޫޢު ކުރިއަށްގެންދަނީ ސަރުކާރުގެ ބަޖެޓުން ޚަރަދުކުރާގޮތަށް، ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުންނެވެ. ރިނބުދޫ ކައުންސިލް އިދާރާގެ މަސައްކަތް ކުރިއަށްގެންދަނީ މެލޭޝިއާގެ ހެކްސްޓަރ ގްލޯބަލްއާ ހަވާލުކޮށް ކުރިއަށްގެންދާ 55 ކައުންސިލް އިމާރާތްކުރުމުގެ މަޝްރޫޢުގައި ހިމަނައިގެންނެވެ.
މި ޕްރޮޖެކްޓްގައި ހިމެނޭ މަސައްކަތައް ނިންމުމަށް ކަނޑައަޅާފަވަނީ 2 އަހަރާ 6 މަސް ދުވަހުންނެވެ. މި އިމާރާތްތައް ވެގެންދާނީ ޖާގަ ތަނަވަސް އަދި ކައުންސިލަރުންނާ އިދާރީ މަސައްކަތްތަކަށްވެސް ފަހިވާނެގޮތަށް، ޖާގައާއި ވަސީލަތްތައް ހަމަ އިމާރާތްތަކަކަށެވެ.
105 ރަށެއްގައި ކައުންސިލް އިދާރާގެ އައު އިމާރާތް އެޅުމަށް ސަރުކާރުން މިހާތަނަށް އިޢުލާނުކޮށްފައިވެއެވެ.

ދ. ރިނބުދޫގައި އަަލަށް ގާއިމްކުރާ ކައުންސިލް އިދާރާގެ ބިންގާ އަޅައިފި
ދ. ރިނބުދޫގައި އަަލަށް ގާއިމްކުރާ ކައުންސިލް އިދާރާގެ ބިންގާ އަޅައިފިއެވެ.
ލިޔުން:
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
