މާލެ: 31°C

ސްޕްރީމް ކޯޓް ފަނޑިޔާރުން މަދުކުރާ ބިލު ބަލައިގަނެ މިއަދު ހަވީރު ކޮމެޓީ ކުރިއަށް ގެންދަނީ

February 25, 2025
158 ފަހަރު ބަލާފައި
ސްޕްރީމް ކޯޓް ފަނޑިޔާރުން މަދުކުރާ ބިލު ބަލައިގަނެ މިއަދު ހަވީރު ކޮމެޓީ ކުރިއަށް ގެންދަނީ
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދު ކުރަން ކޯޓުތަކާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ރައްޔިތުންގެ މަޖިލީހުންބަލައިގަނެ، އެ ބިލް ދިރާސާ ކުރުމުގެ މަސައްކަތް މިއަދު ހަވީރު ފަށަން މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ނިންމައިފި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދު ކުރަން ކޯޓުތަކާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ރައްޔިތުންގެ މަޖިލީހުންބަލައިގަނެ، އެ ބިލް ދިރާސާ ކުރުމުގެ މަސައްކަތް މިއަދު ހަވީރު ފަށަން މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ނިންމައިފި އެވެ.

ހޮޅުދޫ ދާއިރާގެ މެންބަރު އަބުދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި އެ ބިލް ބަލައިގަތުމަށް ފެނޭތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހުގައި މިއަދު ނެގި ވޯޓުގައި ޕީއެންސީއަށް ނިސްބަތްވާ 64 މެންބަރުން ވޯޓު ދެއްވާފައިވަނީ ބިލު ބަލައިގަތުމަށް ފެންނަ ކަމަށެވެ. އަދި ބިލު ބަލައިގަތުމަށް ނުފެންނަ ކަމަށް އެމްޑީޕީއަށް ނިސްބަތްވާ 11 މެމްބަރުން ހިމެނޭހެން އައްޑޫ މީދޫ ދާއިރާގެ މެމްބަރު އަބްދުއްރަހުމާން އާއެކު 12 މެމްބަރުން ވޯޓް ދެއްވާފައިވެއެވެ. މީގެ އިތުރުން ޕީއެންސީއަށް ނިސްބަތްވާ 11 މެންބަރަކު ވޯޓުގައި ބައިވެރިވަޑައިގެންފައެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލީހަށް އެ ބިލު ބަލައިގަނެ އެ ބިލު ދިރާސާކުރުމަށް ޖުޑިޝަރީ ކޮމެޓީއަށް ފޮނުވުމާއެކު މިއަދު ހަވީރު 4 ޖަހާއިރު އެ ކޮމެޓީގެ ބައްދަލުވުމެއް ބާއްވައި އެބިލު ދިރާސާކުރުމުގެ މަސައްކަތް ކުރެއްވުމަށް ނިންމަވާފައެވެ.

ސްޕްރީމް ކޯޓުގެ ބެންޗަށް ބަދަލުގެނައުމާމެދު ޕީއެންސީގެ މެމްބަރުންގެ މެދުގައި ހިޔާލުތަފާތުވުންތަކެއް އުފެދިފައިވަނިކޮށް ޕީއެންސީގެ ޕީޖީ ގްރޫޕްގެ ލީޑަރ ޕީއެންސީ މެންބަރުން ތިއްބަވާ ވަޓްސްއަޕް ގްރޫޕަކަށް ރޭ ފޮނުވި މެސެޖެއްގައި ވިދާޅުވެފައިވަނީ މިއަދު އޮންނަ އެ ބިލުގެ އިބްތިދާއި ބަހުސް ގައި ޕީއެންސީގެ ހުރިހާ މެންބަރުން ބިލާ އެއްކޮޅަށް ވާހަކަ ދައްކަން އެދިވަޑައިގެންފަ އެވެ. އަދި ބިލަށް ވޯޓުދެއްވަންވެސް އެ މެސެޖުގައި އެދިވަޑައިގެންފައިވެ އެވެ.

މީގެ އިތުރުން ބިލާ ބެހޭގޮތުން މަޝްވަރާކުރުމަށް ޕީއެންސީގެ ޕީޖީ ގްރޫޕްގެ ބައްދަލުވުމެއްވެސް ބާއްވާފައިވެއެވެ. އެ ބައްދަލުވުމުގައި ބައެއް މެމްބަރުން ބިލާ ދެކޮޅަށް ވާހަކަދައްކަވާފައިވާއިރު ބައެއް މެމްބަރުން ބިލަށް ވޯޓް ނުދެއްވާނެކަމަށްވެސް ވިދާޅުވެފައިވެއެވެ.

ކޯޓުތަކުގެ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހަކީ ސްޕްރީމް ކޯޓްގެ ފަނޑިޔާރުންގެ އަދަދު 7 އިން 5 އަށް މަދުކޮށް ބިލް ފާސްކުރާތާ ހަތް ދުވަސް ތެރޭ، ފަނޑިޔާރު ކަމަށް ގާބިލް ނޫން ދެ ފަނޑިޔާރުން މަގާމުން ވަކިކުރުމުގެ ހުރިހާ ކަމެއް ނިންމުމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ