ހޯމް މިނިސްޓަރު އަލީ އިހުސާނަށް ރައޔިތުންގެ މަޖިލީހުގެ އިތުބާރު އޮތްތޯ ބެލުމަށް ނެގި ވޯޓުގައި އިޙްސާނަށް އިތުބާރު އޮތް ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ޕީއެންސީއަށް މެމްބަރުން އިތުރުކުރުމަށް ފޯމް ފުރުމުގައި ޑީއެންއާރުގެ ޑާޓާބޭސް އާއި ޑީއެންއާރުގެ އޮފީސް ބޭނުންކުރި މައްސަލާގައި އިތުބާރު ނެތް ކަމަށް އިދިކޮޅު އެމްޑީޕީން މަޖީލީހަށް ހުށަހެޅި މައްސަލައިގައި ޖަވާބާދާރީވަމުން ރައްޔިތުންގެ މަޖިލީހުގައި މިނިސްޓަރ އިހްސާނަށް ފުރުސަތު ދެއްވުމަށްފަހު އިހްސާނުގެ މައްޗަށް ރައްޔިުންގެ މަޖިލީހުގެ އިތުބާރު އޮތްތޯ ބެލުމަށް ނެގި ވޯޓުން ފާސްވެފައިވަނީ މިނިސްޓަރ އިހްސާނުގެ މައްޗަށް ރައްޔިތުންގެ މަޖިލީހުގެ އިތުބާރު އޮތް ކަމަށެވެ.
މިއަދުގެ ޖަލްސާގައި ނެގުނު ވޯތުން މިނިސްޓަރ އިހްސާންގެ އިތުބާރު އޮތް ކަމަށް ފާސްވީ 64 މެންބަރުން އިހްސާނަށް އިތުބާރު އޮތް ކަމަށް ވޯޓު ދެއްވުމުންނެވެ. އިހްސާނަށް އިތުބާރު ނެތް ކަމަށް ވޯޓު ދެއްވާފައިވަނީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ 11 މެންބަރުންނެވެ.







