މާލެ: 31°C

ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު 2 މަސް ނުވަނީސް 4 ލައްކައިން މައްޗަށް

February 26, 2025
144 ފަހަރު ބަލާފައި
ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު 2 މަސް ނުވަނީސް 4 ލައްކައިން މައްޗަށް
ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު 2 މަސް ނުވަނީސް 4 ލައްކައިން މައްޗަށް އަރައިފިއެވެ.

ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު 2 މަސް ނުވަނީސް 4 ލައްކައިން މައްޗަށް އަރައިފިއެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވާރަމަންޓުން އާންމުކޮށްފައިވާ ޓޫރިސްޓް އެރައިވަލްސްގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން 24 ޖެނުއަރީ ގެ ނިއަލަށް  404،476 ޓޫރިސްޓުން ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އަށް ޒިޔާރަތްކޮށްފައިވަނީ 378،245 ޓޫރިސްޓުންވެ. އެހެންކަމުން އެ އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާ އިރު 6.9 ޕަސެންޓްގެ އިތުރުވުމެކެވެ. އަދި އެ ތާރީހާއި ހަމައަށް އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 7،354 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެއެވެ.

މިއަހަރުގެ ޖެނުއަރީ 24 އާއި ހަމައަށް ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައިސް ފައިވަނީ ވައިނާއިންނެވެ. ވައިނާއިން  56،765 ޓޫރިސްޓުން ރާއްޖެއަށް އެ މުއްދަތުގައި ޒިޔާރަތްކޮށްފައިވާއިރު، 2 ވަނަ އަށް އެއްމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާ ރަޝިއާ އިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 39،903 ޓޫރިސްޓުން ނެވެ، އަދި 3 ވަނަ އަށް އެއްމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާ އިނގިރޭސިވިލާތުން އެ މުއްދަތުގައި(39،447 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާއިރު، 4 ވަނާގައި އުލެނީ އިޓަލީ އެވެ. އިޓަލީ އިން އެ މުއްދަތުގައި 36،806 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާއިރު 5 ވަނަ އަށް އެއްމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާ ޖަރުމަނު ވިލާތުން 24،275 ޓޫރިސްޓުން އެ މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ