ހަބަރު
ރައީސްގެ ވާހަކަފުޅުން ރަސްގެތީމު އުފަލުން ފޮޅިއްޖެ، ގިނަ މަޝްރޫއުތަކެއް މިއަހަރު ނިންމާނެ
މިއަހަރަކީ ރަސްގެތީމުގެ ތަރައްޤީގައި ހަގީގީ ކުލަ ޖައްސާނެ އަހަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުމުން ރަސްގެތީމުގެ ރައްޔިތުންނަށް އުފާވެރިކަން ގެނެސްދީފިއެވެ.

ޑިމޮކްރެޓްސްގެ ރައީސް ކަމަށް އިންތި ކުރިމަތިލައްވަނީ
ދަ ޑިމޮކްރެޓްސްގެ ރައީސްކަމުގެ މަގާމަށް ޕާޓީގެ ތަރުޖަމާނަކަށް ހުންނެވި ރައްޔިތުންގެ މަޖިލިހުގެ މާފަންނު އުތުރު ދާއިރާގެ ކުރީގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވާދަކުރައްވަން ނިންމަވައިފި އެވެ.
ރައީސް ރަސްގެތީމުގައި، ދެން އޮތް މަންޒިލަކީ އަނގޮޅިތީމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރ. ރަސްގަތީމަށް ވަޑައިގެންފި އެވެ.

އެމްއޭއެފްގެ ފައިސާއިން މަނީ ލޯންޑަރ ކުރަން އެހީތެރިވެދިނުމުގެ ދައުވާ އިތުރު ދެ މީހެއްގެ މައްޗަށް
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ބޭންކް އެކައުންޓްޓުތައް ނަހަމަ ގޮތުގައި ބޭނުންކޮށް މަނީ ލޯންޑަރިންގެ އަމަލު ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި އިތުރު ބަޔަކަށް ދައުވާ އުފުލައިފި އެވެ.
ހިންދީ ފާދިރީއެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފި
ރާއްޖޭގައި ރޫހާނީ ފަރުވާގެ ހިދުމަތްތަކެއްދޭ ކަމަށް ބުނެ ސޯޝަލް މީޑިއާ ގައި އިސްތިހާރު ކުރަމުންދާ ހިންދޫ ފާދީރީއެއްގެ މައްސަލަ ފުލުހުންގެ ބަލަން ފަށައިފި އެވެ.

ވާދޫއަށް ރައީސްގެ ބޮޑު ވަޢުދެއް: މުޅި ރަށް އިޔާދަކުރަނިވި ހަކަތައަށް ބަދަލު ކޮށްލަނީ
ކުރިއަށް އޮތް 4 އަހަރު ތެރޭގައި މުޅި ރަށް އިއާދަކުރަނިވި ހަކަތައިން ހިންގާ ރަށަކަށް ބަދަލުކުރުމަކީ އެދިވަޑައިގަންނަވާ ކަމެއް ކަމަށާއި ރ. ވާދޫގެ ބިން ހިއްކުމުގެ މަސައްކަތް އަންނަ އަހަރު ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހިންދޫންގެ ފާދިރީއަކު ރާއްޖެ އައިސް ރޫހާނީފަރުވާ ދެނީ
ރޫހާނީ ފަރުވާ ކޮށްދޭ ކަމަށްބުނެ ރާއްޖެ އައިސްއުޅޭ ހިންދޫ ފާދިރީ އަކު ސޯޝަލް މީޑިއާގައި އިޝްތިހާރު ކުރަން ފަށައިފި އެވެ.

ރައީސް ޑރ މުއިއްޒު ރ އަތޮޅުގެ 11 ރަށަކަށް ކުރައްވާ ދަތުރުފުޅެއް ފައްޓަވައިފި
ރައީސުލްޖުމްހޫރިއްޔާގެ ޑރ މުއިއްޒު މާޅޮސްމަޑުލު އުތުރުބުރީ އަށް ކުރައްވާ 3 ދުވަހުގެ މި ދަތުރުފުޅުގައި އެ އަތޮޅުގެ 11 ރަށަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ބުނެފައެވެ.

55 ކައުންސިލް އިދާރާ އަޅަން ހެކްޓާ މޯލްޑިވްސް އާ ޚަވާލުކޮށްފި
ލޯކަލް ކައުންސިލް މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ ޑރ. އާއިޝަތު މުނާ އެވެ. އަދި ހެކްޓާ މޯލްޑިވްސް ގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޝަރީފެވެ.

އޭސީސީގެ މެމްބަރުކަމަށް ނާޝިދު އާއި، ނާޝިފް އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި
ދައުރުން ބޭރުން ނިމުނު ހަފްތާގައި ބޭއްވި ފުރަތަމަ ޖަލްސާގައި، އޭސީސީއަށް އައްޔަން ކުރަން ރައީސް ޑރ.މުއިއްޒު ރައްޔިތުންގެ މަޖިލިސްއަށް ފޮނުވާފައިވާ ދެ ބޭފުޅުންނަކީ މއ. ގޯލްޑަން މޫން އަހުމަދު ނާޝިދު އާއި، ރ. ހުޅުދުއްފާރު ރޯޒްވިލާ އާސިޔާ އަޒީމާގެ ނަމެވެ. ނަމަވެސް މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އަށް ރައީސް ޑރ. މުއިއްޒު ވަނީ އާސިޔާގެ ބަދަލުގައި އެ ކޮމިޝަނުގެ މެމްބަރުކަމަށް އައްޔަނުކުރަން ރ. އަލިފުށީ ފަސާނާގޭ، އަބްދުﷲ ނާޝިފްގެ ނަން ފޮނުވާފައެވެ.

އިންޑިއާގެ ސަފީރު ޖީ ބަލަސުބްރަމަނިއަން އާއި ފޮރިންގ މިނިސްޓަރ ޚަލީލް ބައްދަލުކުރައްވައިފި
އިންޑިއާއިން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ޖީ ބަލަސުބްރަމާނިއަމް އާއި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިއަދު ބައްދަލު ކުރައްވައިފި އެވެ.

ވަޒީރުން ފޯނު ނުނެންގެވުމާއި، ކަންކަން ނުކޮށްދޭ މައްސަލަ ވަރަށް ބޮޑު: ދިއްދޫ ދާއިރާގެ މެމްބަރ ލަތީފް
މި ސަރުކާރުގެ ބައެއް ވަޒީރުން ފޯނު ނުނެއްގެވުމާއި، ކަންކަން ނުކޮށްދޭ މައްސަލައަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރ ލަތީފު ވިދާޅުވެއްޖެ އެވެ.
