ވަގަށް އަނބު ބިންނަން ޖްވެނައިލް ކޯޓް ފްރާޅުމައްޗަށް އަރައިހުރި މީހަކު ހައްޔަރުކޮށްފައި ވާކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނެފައިވަނީ ޖްވެނައިލް ކޯޓްގެ ސެކިއުރިޓީން ފުލުހުންނަށް ކުރި ރިޕޯޓަކާ ގުޅިގެން ޖްވެނައިލް ކޯޓް ފުރާޅުމަށްޗަށް ވަގަށް އަނބު ބިންނަން އަރައި ހުރި މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި، އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ ލ.ގަމު 42 އަހަރުގެ މުހައްމަދު ހަލީމް އެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ ޖްވެނައިލް ކޯޓް ފުރާޅުމައްޗަށް އަރައި އަނބުބިންނަން ހުއްޓައި ހައްޔަރުކުރި ހަލީމް މިހާތަނަށް 63 ފަހަރު އެ މުވައްސަސާއިން ހައްޔަރުކޮށްފައިވާ ކަމަށާއި، މި މިއްސަލާގައި ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން 7 ދުވަހަށް ފުލުހުންގެ ބަންދުގައި އޭނާ ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
މި މައްސަލައާއި ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވާ ގޮތުން މިއީ ހަލީމު ބަންދުކުރި 30 ވަނަ ފަހަރެވެ. އަދި އޭނަގެ ކުށުގެ ރެކޯޑުގައި ގިނައީ ވެސް ވައްކަމުގެ މައްސަލަތަކެވެ.







