މާލޭގެ ގެއަކުން ކިލޯއެއްގެ މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާ އާއެކު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ގ. ޖޫތީގެ، ހަސަން ނަޒީޙް (32އ) ހައްޔަރުކޮށްފައިވާ ކަމަށާއި، ނެއަރީޫ މަހުގެ 30 ވަނަ ދުވަހު ފުލުހުން ހިންގި އެ އޮޕަރޭޝަނުގައި އޭނާ އޭނާ ހައްޔަރުކޮށް، އޭނާއާ ގުޅުންހުރިކަމަށް ބެލެވޭ 2 ގެއެއް ބަލައިފާސްކުރިއިރު ގިނަ އަދަދެއްގެ ފައިސާއާއި މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށެވެ.
އަދި އިތުރަށް ފުލުހުން ބުނެފައިވަނީ ބަލައި ފާސްކުރި ތަންތަނުން ފެނިފައިވާ މަސްތުވާތަކެތީގެ ވަގުތީ ބަރުދަން 1 ކިލޯއަށްވުރެ ގިނަ ކަމަށާއި، އެ މައްސަލާގައި ހަސަން ނަޒީޙްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުންގެ ގެންދަނީ ތަހުގީގުކުރަމުންނެވެ.







