މާލެ: 31°C

ޕާޓީ އުވާލީ ޤާނޫނާ ޚިލާފަށްކަމަށް ރައީސް މައުމޫނުގެ އެމްއާރުއެމް އިން ބުނެފި

February 2, 2025
159 ފަހަރު ބަލާފައި
ޕާޓީ އުވާލީ ޤާނޫނާ ޚިލާފަށްކަމަށް ރައީސް މައުމޫނުގެ އެމްއާރުއެމް އިން ބުނެފި
މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އުވާލާފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް އެޕާޓީން ބުނެފިއެވެ.

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އުވާލާފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް އެޕާޓީން ބުނެފިއެވެ.

ސިޔާސީ ޕާޓީގެ ޤާނޫނުގެ 30 ވަނަ މާއްދާގެ (ހ)ގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން ސިޔާސީ ޕާޓީއެއް ދެމިއޮތުމަށް ޤާނޫނު ލާޒިމުކުރާ 3000 މެންބަރުން ހަމަކުރުމަށް އެމްއާރްއެމް އަށް ދިން މުއްދަތުގައި 3،000 މެންބަރުން ހަމަވެފައި ނުވާތީ ޖެނުއަރީ 29 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުން ވަނީ އެމްއާރއެމް އުވާލައި އެ ޕާޓީ ދިވެހިރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އުނިކުރިކަން ވަނީ އިއުލާނުކޮށްފައެވެ.

އެކަމާ ގުޅިގެން އެ ޕާޓީގެ ރައީސް އަހްމަދު ފާރިސް މައުމޫން ސޮއިކުރައްވާ އީސީއަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ އެމްއާރްއެމް އަށް 3،000 މެންބަރު ހަމަވިޔަ ނުދިނުމަށް އީސީގެ ކުރީގެ ދެ މެންބަރަކާއި މިހާރުވެސް ކޮމިޝަންގައި މަސައްކަތްކުރައްވާ މެންބަރަކު މަސައްކަތް ކުރައްވާފައިވާކަން ރައްޔިތުންގެ މަޖިލީހުން އެކުލަވާލި ރިޕޯޓަކުންވެސް އެނގެން އޮތުމާއެކު، އެ މައްސަލާގައި އެމްއާރްއެމާ މެދު އަމަލު ކޮށްފައިވާ ގޮތް އަލުން ބެލުމަށްފަހު ފަހު ގާނޫނުގައިވާ ގޮތަށް އަމަލު ކޮށްދެއްވުމަށް ވަނީ އެދިފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ