މާލެ: 31°C

އުކުޅަހުގައި މޫދަށް އެރިއުޅުނު ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ

February 1, 2025
148 ފަހަރު ބަލާފައި
އުކުޅަހުގައި މޫދަށް އެރިއުޅުނު ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ
އއ. އުކުޅަހުގައި ޗުއްޓީ ހޭދަކުރަން ދިޔަ އުމުރުން ދުވަސްވީ ފަތުރުވެރިއަކު މޫދަށް އެރިއުޅެނިކޮށް ގެނބިގެން މަރުވެއްޖެއެވެ.

އއ. އުކުޅަހުގައި ޗުއްޓީ ހޭދަކުރަން ދިޔަ އުމުރުން ދުވަސްވީ ފަތުރުވެރިއަކު މޫދަށް އެރިއުޅެނިކޮށް ގެނބިގެން މަރުވެއްޖެއެވެ.

ފުލުހުން ބުނީ، އއ. އުކުޅަހުގައި މޫދަށް އެރި އުޅެނިކޮށް ޓޫރިސްޓަކު ގެނބިގެން އުޅޭކަމުގެ މައުލޫމާތު އެ މުވައްސަސާއަށް މިއަދުގެ ހަވީރު 5:30 ހާއިރު ލިބިފައިވާ ކަމަށާއި، އެ ހާދިސާގައި ގެނބިގެން މަރުވެފައިވަނީ އެ ރަށުގައި ޗުއްޓީހޭދަކުރަމުންއައި އުމރުން 75 އަހަރުގެ އިޒްބަކިސްތާނުގެ ރައްޔިތެއް ކަމަށެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން ސްނޯކެލިންގ އަށް ގޮސް އުޅުމުގެ ތެރޭގައި ނުވަތަ މޫދަށް އެރިއުޅުމުގެ ތެރޭގައި މަރުވާ އަދަދު މަޑުމަޑުން އިތުރުވާން ފަށާފައިވާއިރު ކަނޑު އުޅަނދު ފަހަރުގެ ބްރަފަތީގައި ޖެހިގެން ވެސް ގިނަ ހާދިސާތަކެއް ހިނގަމުންދާކަން ފާހަގަކުރެވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ