ސަރުކާރަށް އެއްބާރުލުންމަތީ ދެމިތިބެއްޖެނަމަ ހެޕީކޮށްދޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު ޝުޖާއު ވިދާޅުވެެއްޖެއެވެ.
ޕީއެސް އެމްގެ ރާއްޖެމިއަދު ޕްރޮގްރާމް ގައި ވާހަކަ ދައްކަވަމުން މެމްބަރު ޝުޖާއު ވިދާޅުވީ ރައީސް ޑރ. މުއިއްޒަކީ ރައްޔިތުންނާއި ގާތުން ހިދުމަތް ކުރައްވާ ވެރިއެއް ކަމަށާއި އެގޮތުން މީގެކުރިން އެއްވެސް ރައީސަކަށް ރައްޔިތުންގެ ގާތަށް ދަތުރުކުރައްވާފައިނުވާ ވަރަށް ރައީސް ޑރ.މުއިއްޒު ދަނީ ދަތރުކުރައްވަމުން ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ވެގެންދާނީ ދިވެހި ރައްޔިތުންނަށް އެންމެ އުފާވާ އެންމެ ހެޕީ ކަންކަން ތަންފީޒުކޮށްދޭނެ ސަރުކާރަށް،" މެމްބަރު ޝުޖާއު ވިދާޅުވި އެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން މެމްބަރު ޝުޖާއު ވިދާޅުވީ މިއަހަރަކީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދެއްވުމުގެ މަސައްކަތްތައް ފެށިގެންދާ އަހަރު ކަމަށާއި އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ މަޝްރޫއުތައް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕީޑުގައި މިއަހަރު ފެށިގެންދާނެ ކަމަށެވެ.އެހެންކަމުން ތަރައްގީގެ މަޝްރޫއުތައް ފެށިގެންދާއިރު ރައްޔިތުންގެ އެއްބާރުލުމާއި އެހީތެރިކަން ސަރުކާރަށް ދިނުމަށް ރައްޔިތުންގެ ކިވައިން އެދިލެއްވިއެވެ.







