މާލެ: 31°C

އެންވާރަމަންޓާއި ޓޫރިޒަމް އެއްކޮށްލައި މިނިސްޓަރު ކަމަށް ތޯރިގް

February 1, 2025
185 ފަހަރު ބަލާފައި
އެންވާރަމަންޓާއި ޓޫރިޒަމް އެއްކޮށްލައި މިނިސްޓަރު ކަމަށް ތޯރިގް
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އުފައްދަވައި އެ މިނިސްޓްރީގެ މިނިސްޓަރު ކަމަށް  ތޯރިގު އިބްރާހިމް އައްޔަން ކޮށްފި އެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އުފައްދަވައި އެ މިނިސްޓްރީގެ މިނިސްޓަރު ކަމަށް  ތޯރިގު އިބްރާހިމް އައްޔަން ކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓަރ ކަމުގައި ހުންނެވި އިބްރާހިމް ފައިސަލް މި މަހުގެ 28 ވަނަ ދުވަހު ވަކިކުރެއްވުމަށްފަހު ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީ އެއްކޮށްލައި އެ މިނިސްރީގެ މިނިސްޓަރ ކަމަށް އައްޔަނުކުރެއވި ތޯރިގް އިބްރާހިމް އަކީ ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ މިނިސްޓަރު ކަމުގައި ހުންނެވި ބޭފުޅާއެވެ.

ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުގެ މަގާމަށް ތޯރިގު އައްޔަން ކުރެއްވުމުގެ ގޮތުން ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ރައީސް އޮފީހުގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރ ކަމަށް އައްޔަނުކުރުމުގެ ލިޔުން ހަވާލުކޮށް މިނިސްޓަރ ކަމުގެ ހުވާ ކޮށްފައެވެ.

މީގެ ކުރިން ހައުސިންގ މިނިސްޓްރީވެސް އުވާލައި ކޮންސްޓްރަކްޝަން މިނިސްޓްރީއާއި ވަނީ އެއްކޮށްލާފައެވެ. އެހެންކަމުން މި ސަރުކާރުގެ މިނިސްޓްރީތަކުގެ އަދަދަކީ މިހާރު 19 އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ