މާލެ: 31°C

ފައިސަލް ޙަރަދުކުޑަރަން މާލެ ދޫކޮށް ރަށަށް ދިރިއުޅުން ބަދަލުކުރަނީ

February 2, 2025
515 ފަހަރު ބަލާފައި
ފައިސަލް ޙަރަދުކުޑަރަން މާލެ ދޫކޮށް ރަށަށް ދިރިއުޅުން ބަދަލުކުރަނީ
ޓޫރިޒަމް މިނިސްޓަރުކަމުން ޖެނުއަރީމަހު ފަހުކޮޅު ވަކިކުރެއްވި އިބްރާހިމް ފައިސަލް މާލޭގައި ދިރިއުޅުމުގެ ޚަރަދުތައް ބޮޑުކަމުން އުފަން ރަށް. ލ. ފޮނަދު އަށް ދިރިއުޅުން ބަދަލު ކުރައްވަން ނިންމަވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމްގެ ދަރިކަލުން ފައިސަލް ވަދީޅުވީ މާލޭގައި ދިިރިއުޅުމަކީ ހަރަދު ބޮޑު ކަމެއް ކަމަށްވާތީ އާއިލާއާއެކު އުފަން ރަށް ކަމަށްވާ ލ. ފޮނަދޫ އަށް ދިރިއުޅުން ބަދަލުކުރައްވަން ނިންމެވީ ކަމަށެވެ.

ދާދިފަހުން ދަރިއަކުވެސް ލިބިލެއްވި ފައިސަލް ވިދާޅުވީ ސިޔާސީ މަސައްކަތް ކުރައްވަމުން އައީ ޕީޕީއެމް ގައި ކަމަށާއި އެ ޕާޓީގެ ސެނެޓް މެމްބަރެއްގެ ގޮތުގައި ކުރެއްވި ސިޔާސީ މަސައްކަތް މިއާރު އެ ޕާޓީ އުވާލާފައިވާތީ ކުރެވެން ނެތް ކަމަށެވެ. ނަމަވެސް ފައިސަލް ވިދާޅުވީ ރަށަށް ބަދަލުވެވަޑައިގެންނެވި ނިންމެވި ނަމަވެސް ސިޔާސީ މަސައްކަތްތަކުގައި އުޅުއްވާނެ ކަމަށެވެ.

ޓޫރިޒަމް މިނިސްޓަރ ކަމުން ވަކިކުރެއްވުމާ ގުޅިގެން ފައިސަލް ވަނީ ސަރުކާރުގައި މަސައްކަތްކުރެއްވީ ގައުމަށާއި ދައުލަތަށް އަދި ސަރުކާރަށް ނުހަނު އިހްލާސްތެރިކޮށް ކަމަށާއި، އަދި ގައުމަށް ޚިދުމަތްކުރުމުގެ ފުރުސަތު ދެއްވިކަމަށްޓަކައި ސަރުކާރަށް ޝުކުރު ދަންނަވާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ