ޔޫސަބަލް ރިޒާވް 2023 ވަނަ އަހަރުގެ ޑިމްބަރު މަހު ހުރި އަދަދަށްވުރެ މިއަހަރުގެ ޑިސެމްބަރު މަހު ހުރި އަދަދު 16 މިލިއަން ޑޮލަރު އިތުރުކަމަށް އެމްއެމްއޭގެ ހިސާބު ތަކުން ދައްކައިފިއެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭގެ ހިސާބުތަކުން ދައްކާ ގޮތުން 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ޔޫޒަބަލް ރިޒާވް 62 މިލިއަން ޑޮލަރު ގައެވެ. އަދި އެއަހަރުގެ ނޮވެމްބަރު މަހު ޔޫޒަބަލް ރިޒާވްގައި 46 މިލިއަން ޑޮލަރު ހުރިއިރު، އޮކްޓޯބަރ މަހު ރިޒާވްގައި ހުރީ 32 މިލިއަން ޑޮލަރެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަސް ނިމުނުއިރު ޖުމްލަ ރިޒާވްގައި ހުރީ 673 މިލިއަން ޑޮލަރެވެ. އަދި 2023 ވަނަ އަހަރު ނިމުނުއިރު ރިޒާވްގައި ހުރީ 590 މިލިއަން ޑޮލަރެވެ. ދައުލަތުގެ ބަޖެޓް ފޮތުގައިވާ ގޮތުން މިއަހަރު ޖުމްލަ ރިޒާވްގެ އަދަދު 705 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކޮށްފައިވާއިރު، އިންޑިއާގެ ރިޒާވް ބޭންކުން ނެގި 400 މިލިއަން ޑޮލަރުގެ ކަރެންސީ ސްވޮޕް އިން ލިބުނު ފައިސާގެ ތެރެއިން 120 މިލިއަން ޑޮލަރު އިންވެސްޓް ކުރީ ރާއްޖޭގެ ބޭންކްތަކަށެވެ. އެއާއެކު ރިޒާވްގެ ހާލަތު ވަނީ ރަނގަޅުވާން ވަނީ ފަށާފައެވެ.
ރިޒާވް އިތުރުވާން ފެށިއިރު މިދިޔަ އަހަރަކީ ފަހުގެ ތާރީހެއްގައި ޔޫޒަބަލް ރިޒާވް އެންމެ ބޮޑަށް އަޑިއަޅާލި އަހަރެވެ. އެ އަހަރު އެވްރެޖުކޮށް ޔޫޒަބަލް ރިޒާވް ހުރީ 75 މިލިއަން ޑޮލަރުގަ އެވެ. އެއީ 2023 ވަނަ އަހަރަށް ވުރެ 46 ޕަސެންޓް އިތުރު އަދަދެކެވެ.
މިދިޔަ އަހަރު ސަރުކާރުންވަނީ ޔޫޒަބަލް ރިޒާވްގެ އަދަދު ކަނޑައަޅާ ގޮތަށް ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން ޔޫޒަބަލް ރިޒާވް ކަލްކިއުލޭޓްކުރާއިރު އޮފިޝަލް ރިޒާވް އެސެޓަށް ފޮރިން ކަރެންސީ ރިޒާވް ވެސް އެއްކުރެ އެވެ. ނަމަވެސް ކުރިން ޔޫޒަބަލް ރިޒާވްގެ އަދަދު ކަނޑައަޅަނީ އޮފިޝަލް ރިޒާވް އެސެޓުން ޕްރީ-ޑިޓާމައިންޑް ޝޯޓް-ޓާމް ނެޓް ޑްރެއިންސް އުނި ކުރުމަށްފަހު އެވެ.







