މާލެ: 31°C

އަދުރޭގެ ސެކިއުރިޓީ ދަށް ކުރަން އުޅޭ ކަމުގެ އަޑުތައް ފެތުރެން ފަށައިފި

February 1, 2025
131 ފަހަރު ބަލާފައި
އަދުރޭގެ ސެކިއުރިޓީ ދަށް ކުރަން އުޅޭ ކަމުގެ އަޑުތައް ފެތުރެން ފަށައިފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ޢަބްދުﷲގެ ސެކިއުރިޓީ ލެވަލް ދަށް ކުރަން އުޅޭ ކަމުގެ އަޑުތައް ފެތުރެން ފަށައިފިއެވެ. 

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ޢަބްދުﷲގެ ސެކިއުރިޓީ ލެވަލް ދަށް ކުރަން އުޅޭ ކަމުގެ އަޑުތައް ފެތުރެން ފަށައިފިއެވެ. 

އަބްދުރައްހީމަށް މިހާރު އެމްއެންޑީއެފުން ސެކިއުރިޓީ ދެމުން ގެންދަނީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ދީފައިވާ ސެކިއުރިޓީއާ އެއް ލަވަލެއްގެ ސެކިއުރިޓީއެކެވެ. އެއީ ރައީސް ނަޝީދަށް އޮތް ނުރައްކާ ވަޒަން ކުރުމަށް ފަހު އެމްއެންޑީއެފުން ކަނޑައެޅި މަތީ ފެންވަރުގެ ސެކިއުރިޓީއެކެވެ. 

ދައުލަތުގެ މަގާމުތަކުގެ ބޭފުޅުންގެ ސެކިއުރިޓީ ހަމަޖައްސަނީ އެބޭފުޅަކަށް ތްރެޓް އޮތް މިންވަރު ބެލުމަށް ފަހުއެވެ. 

ބައެއް މަސްދަރުތަކުން މިނިވަންއަށް ކިޔައިދިން ގޮތުގައި އަބްދުއްރަހީމަށް މަތީ ފަންތީގެ ސެކިއުޓީ ދޭވަރުގެ ތްރެޓެއް އެއްވެސް އިރަކު ނެތެވެ. 

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ