މާލެ: 31°C

ހިރިމަރަދޫ މީހުން ހަނިމާދޫއަށް ބަދަލުކުރަން ސަރުކާރުން ނިންމައިފި

February 1, 2025
175 ފަހަރު ބަލާފައި
ހިރިމަރަދޫ މީހުން ހަނިމާދޫއަށް ބަދަލުކުރަން ސަރުކާރުން ނިންމައިފި
އާބާދީގައި 300 އެއްހާ މީހުން ދިރިއުޅޭ ހދ. ހިރިމަރަދޫ މީހުން ހދ. ހަނިމާދޫއަށް ބަދަލުކުރަން ސަރުކާރުން މިއަދު ނިންމައިފި އެވެ.

އާބާދީގައި 300 އެއްހާ މީހުން ދިރިއުޅޭ ހދ. ހިރިމަރަދޫ މީހުން ހދ. ހަނިމާދޫއަށް ބަދަލުކުރަން ސަރުކާރުން މިއަދު ނިންމައިފި އެވެ.

ހިރިމަރަދޫ މީހުން އެހެން ރަށަކަށް ބަދަލުކޮށްދޭން އެ ރަށު ކައުންސިލުން ހުސްވި އަހަރުގެ ސެޕްޓެެމްބަރު މަހު ވަނީ ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް މިނިސްޓްރީގައި އެދިފަ އެވެ. ކައުންސިލުން އޭރު އެދުނީ ކ. ތުލުސްދޫ އަށް ބަދަލުކޮށްދޭށެވެ.

ތުލުސްދޫ އަށް ބަދަލުވާން ބޭނުންވީ އެއީ މާލެ ކައިރީގައި އޮންނަ ރަށަކަށްވާތީ އެވެ.

އެކަމަކު ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު "އެކްސް" ގައި މިއަދު ކުރި ޕޯސްޓެއް ބުނީ ހިރިމަރަދޫ މީހުން ހަނިމާދޫ އަށް ބަދަލުކުރަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

ތުލުސްދޫގެ ބަދަލުގައި ހަނިމާދޫ އަށް ބަދަލުކުރަން ނިންމި ސަބަބެއް ސަރުކާރުން ނުބުނެ އެވެ.

ހިރިމަރަދޫ މީހުން ހަނިމާދޫ އަށް ބަދަލުކުރަން ނިންމާފައިވާއިރު، ދިރިއުޅޭ ރަށް ނޫން އެހެން ރަށަކަށް ހިޖުރަ ކުރުމާ މެދު ރައްޔިތުން ދެކޭ ގޮތް ބަަލަން ސާވޭއެއް ކުރުމަށް ނިންމާފައިވާކަން ލޯކަލް މިނިސްޓަރު އާދަމް ޝަރީފް ވަނީ ރޭ ވިދާޅުވެފަ އެވެ.

އެ މިނިސްޓްރީގެ 5 އަހަރުގެ އެކްޝަން ޕްލޭން އިފްތިތާހުކުރުމަށް ރޭ ސްޓެލްކޯގެ އޮޑިޓޯރިއަމްގައި ބޭއްވި ރަސްމިއްޔާތުގައި އާދަމް ޝަރީފް ވިދާޅުވީ އެ ސާވޭ ކުރިއަށް ގެންދަނީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ