ހަބަރު

އަބުރު ނަގައިލާ ގޮތަށް ހިޔާލު ފާޅުކުރުން ހުއްޓާލުމަށް ރައީސް ގޮވާލައްވައިފި
ސިޔާސީ ގޮތުން ހިޔާލު ތަފާތު ވެގެން އަނެކާ ކުޑައިމީސްކޮށް އަބުރު ނަގައިލާ ގޮތަށް ހިޔާލު ފާޅުކުރުން ހުއްޓާލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ރިކްރިއޭޝަން ކްލަބުން މުވައްޒަފުންގެ އުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެވުނު: ފަހުމީ
ސްޓެލްކޯ ރެކްރިއޭޝަން ކްލަބަކީ ކުންފުނީގެ މުވައްޒަފުންގެ އަޚްލާޤު ހިފެހެއްޓުމުގައި މުހިއްމު ދައުރެއް އަދާކުރި ފަރާތެއް ކަމަށާއި، ރެކްރިއޭޝަން ކްލަބް އަލުން ވުޖޫދުކުރުމުގެ އެއް ބޭނުމަކީ އެ އަޚްލާޤު އަލުން މުވައްޒަފުންގެ ތެރޭގައި އަށަގެންނެވުން ކަމަށް ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވެއްޖެ އެވެ.

އިހަވަންދޫ ފިޝަރީޒް ކޮމްޕްލެކްސްއިން މަސްވެރިންނަށް ފަސޭހަވާނެ: މިނިސްޓަރު
އިހަވަންދޫ އެޅުމަށް ނިންމާފައިވާ ފިޝަރީޒް ކޮމްޕްލެކްސްއަކީ އުތުރުގެ އަތޮޅުތަކުގެ މަސްވެރިންނަށް ލިބިގެންދާނެ ބޮޑު ފަސޭހައެއް ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫނުގެ އެމްއާރުއެމް އުވާލައިފި
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި އުފެއްދެވި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އުވާލައިފި އެވެ.

ފައިސަލް މަގާމުން ވަކިކުރެއްވީ ޗައިނާ މޯލްޑިވްސް ފްރީ ޓްރޭޑް އެގްރީމެންޓް ރައީސް ނަޝީދު މެދުވެރިކޮށް އިންޑިއާއަށް "ވިއްކާލުމުން" ކަމަށް އިންޑިއާގެ ސިޔާސީ އިސް ފަރާތްތަކަކުން ބުނެފި
ޓޫރިޒަމް މިނިސްޓަރ މަގާމްގައި ހުންނެވި ރައްޔިތުން މަޖިލީހުގެ ރައީސް އަބުދުއްރަހީމް ޢަބްދުﷲގެ ދަރިކަލުން ވަޒީރު ކަމުގެ މަގާމުން ވަކިކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގައި އޮތް ޗައިނާގެ ފްރީ ޓްރޭޑް އެގުރީމެންޓް ގެ ސިއްރު ކޮޕީ، ދެބަފައިން އިންޑިޔާއަށް ވިއްކާލުމުން ކަން އިންޑިޔާގެ ސިޔާސީ ފަރާތްތަކުން ހާމަ ކޮށްފި އެވެ.

ޗައިނާއާ އިތުރަށް ގުޅުން ބަދަހިކުރަން ޖެހޭ: ރައީސް
ޗައިނާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހި ކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ތ. ގުރައިދޫ އެއާޕޯޓް އަޅާ ސަރަހައްދު ހިއްކުމަށް އެމްޓީސީސީން ތައްޔާރުވެއްޖެ
ތ. ގުރައިދޫގައި އެއަރޕޯޓު ތަރައްޤީކުރުމަށް ބޭނުންވާ ބިންހިއްކުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައި ވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން ބުނެފިއެވެ.

ތަކަންދޫގައި އޭޓީއެމް ބަހައްޓަން އެއްބަސްވެއްޖެ
ހއ. ތަކަންދޫ ބީއެމްއެލްގެ އޭޓީއެމްގެ ޚިދުމަތް ގާއިމުކުރުމަށް އެރަށު ކައުންސިލާއެކު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ތަކަންދޫ ފުލުހުންގެ މަރުކަޒު ރައީސް ހުޅުއްވައި ދެއްވައިފި
ހއ. ތަކަންދޫ ފުލުހުންގެ މަަރުކަޒު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުޅުއްވައިދެއްވައިފި އެވެ.

މަނީ ލޯންޑަރިންގެ ތުހުމަތު ހޯކްސްއަށް
ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑުގެ ބޯޓަކުން ރާއްޖެއަށް ސިއްރުން ސިނގިރެޓް އެތެރެކުރި މައްސަލައާ ގުޅިގެން އެ ކުންފުންޏަށް ކުރާ ތަހުގީގު ބިނާވެފައިވާ މައިގަނޑު އެއް ކުށަކީ މަނީ ލޯންޑަރިން ކުށް ކަމުގައި ފުލުހުން ބުނެފި އެވެ.

ކުޑަކުއްޖެއް ގައިގަ އަލިފާންޖެހި ފިހުނު މައްސަލައެއް ފުލުހުން ބަލަމުންދާކަމަށް ބުނެފި
ކުޑަކުއްޖެއް ގައިގަ އަލިފާންޖެހި ފިހިގެން އަނިޔާވެފައިވާ މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ދަ ހޯކްސްގެ ބޯޓަކުން ވަގަށް ސިނގިރޭޓް އެތެރެކުރި މައްސަލައެއް ބަލަން ފަށައިފި
ދަ ހޯކްސްގެ ބޯޓަކުން ވަގަށް ރާއްޖެ އަށް ސިނގިރޭޓް އެތެރެކުރި މައްސަލައެއް ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ބުނެފިއެވެ.
