މާލެ: 31°C

އައްޑޫސިޓީގައި މީހަކު ރަހީނުކޮށްގެން ހައްޔަރުކުރި މީހުންގެ ވަނަވަރު އާއްމުކޮށްފި

February 12, 2025
241 ފަހަރު ބަލާފައި
އައްޑޫސިޓީގައި މީހަކު ރަހީނުކޮށްގެން ހައްޔަރުކުރި މީހުންގެ ވަނަވަރު އާއްމުކޮށްފި
އައްޑޫ ސިޓީ ހިތަދޫގައި މީހަކު ރަހީނުކޮށް، އަނިޔާކުރި މައްސަލާގައި ހައްޔަރުކުރި 4 މީހުންގެ ތެރެއިން 4ރު މީހެއްގެ ވަނަވަރު މިއަދު ފުލުހުން އާންމުކޮށްފި އެވެ.

އައްޑޫ ސިޓީ ހިތަދޫގައި މީހަކު ރަހީނުކޮށް، އަނިޔާކުރި މައްސަލާގައި ހައްޔަރުކުރި 4 މީހުންގެ ތެރެއިން 4ރު މީހެއްގެ ވަނަވަރު މިއަދު ފުލުހުން އާންމުކޮށްފި އެވެ.

މިމަހުގެ 10 ވަނަ ދުވަހުގެ ރޭ ދަންވަރު 1:35 ހާއިރު ހިތަދޫ މައިލޯ ދަނޑު ސަރަހައްދު ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންނަށް އެ ތަނުން ބަޔަކު ނުކުމެގެން ފިލަން ދަނިކޮށް ފެނުމާގުޅިގެން ފުލުހުން އެތަނަށް ގޮސް ބެލިއިރު، މީހަކު ޖޯއްޔެއްގައި ބަނދެ، އޭނާގެ ބޯ ބާލައި، އަނިޔާކޮށްފައި އޮށްވައި ފެނުމާ ގުޅިގެން 15 އަހަރުން ދަށުގެ ކުއްޖަކާ އެކު ޖުމްލަ 5 މީހުން ފުލުހުން ހައްޔަރުކޮށްފައިވާކަމަށް ކުރިން ވަނީ ބުނެފައެވެ.

އެ މައްސަލާގައި ފުލުހުން ހައްޔަރުކޮސްފައިވާ 15 އަހަރުން ދަށުގެ ކުއްޖާ ފިޔަވައި އެހެން މީހުންގެ ވަނަވަރު މިއަދުވަނީ އާއްމުކޮސްފައެވެ. އެގޮތުން ފުލުހުން އެ މައްސަލާގައި ހައްޔަރުކުރިކަމަށް ބުނެފައިވަނީ ސ.ހިތަދޫ ވިޝަންޑްރީމް، 20 އަހަރުގެ ސަމާހު ތައުފީގު އާއި، ސ.ހިތަދޫ ގްރޭސް، 19 އަހަރުގެ މުހައްމަދު ޔައީޝް އާޒާދު އާއި، ސ.ހިތަދޫ ނޫތަރި 22 އަހަރުގެ އަޝްރަފު މުހައްމަދު އާއި އަދި އެ ސ.ހިތަދޫ މެރީގާޑަން އަލީ 20 އަހަރުގެ މާޒިން ހަސަން އެވެ. އެ މައްސަލާގައި ހިމެނޭ ކުޑަކުއްޖާގެ ވަނަވަރު ފުލުހުން އާއްމުކޮށްފައެއް ނުވެއެވެ.

ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި ޖޯއްޔެއްގައި ބަނދެފައި އަނިޔާކޮށް ބޮލުން ބައެއް ބާލާފައި އޮއްވާ ފެނިފައިވަނީ 37 އަހަރުގެ ދިވެހި ފިރިހެނެކެ. އަދި އެ މައްސަލާގައި ހައްޔަރުކުރި 5 މީހުންނަކީވެސް ކުށުގެ ވެށިން ހައްޔަރުކުރި މީހުން ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ