މާލެ: 31°C

ސަރުކާރުން ޓެކްސީ ކުރަން ފެށިނަމަވެސް، ޓެކްސީ ޑްރައިވަރުންނަށް ގެއްލުން ނުވާނެކަމަށް ސަރުކާރުން ބުނަމުންދަނީ އޮޅުވައިލުމަށް: ފައްޔާޒް

February 12, 2025
173 ފަހަރު ބަލާފައި
ސަރުކާރުން ޓެކްސީ ކުރަން ފެށިނަމަވެސް، ޓެކްސީ ޑްރައިވަރުންނަށް ގެއްލުން ނުވާނެކަމަށް ސަރުކާރުން ބުނަމުންދަނީ އޮޅުވައިލުމަށް: ފައްޔާޒް
ސަރުކާރުން ޓެކްސީ ކުރަން ފެށިނަމަވެސް ޓެކްސީ ޑްރައިވަރުންނަށް ގެއްލުން ނުވާނެކަމަށް ސަރުކާރުން ބުނަމުންދަނީ އޮޅުވައިލުމަށްކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ސަރުކާރުން ޓެކްސީ ކުރަން ފެށިނަމަވެސް ޓެކްސީ ޑްރައިވަރުންނަށް ގެއްލުން ނުވާނެކަމަށް ސަރުކާރުން ބުނަމުންދަނީ އޮޅުވައިލުމަށްކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

އިލެކްޓްރޯނިކް ވެހިކަލް ބޭނުންކޮށްގެން ޓެކްސީގެ ޙިދުމަތް ދިނުމަށް އެމްޓީސީސީ އާއިއެކު ސަރުކާރުން މިއަދު ސޮއިކުރި އެއްބެސްވުމާ ގުޅޭގޮތުން ފައްޔާޒް އެކްސް ގައި ކޮށްފައިވާ ޕޯސްޓް ގައި ވިދާޅުވެފައިވަނީ ސަރުކާރުން ޓެކްސީ ލައިން އެއް ގާއިމްކުރަން ނޫޅޭ ކަމަށްބުނެ ދިން ޔަގީންކަމާ ހިލާފުވެ ސަރުކާރުން ޓެކްސީ ވިޔަފާރީގެ ތެރެއަށް ވަނުމަކީ އާމްދަނީ ހޯދުމަށް އެ މަސައްކަތް ކުރަމުންދިޔަ އެތައް ބަޔަކަށް ލިބިގެންދިޔަ ބޮޑު ގެއްލުމެއް ކަމަަށެވެ.

އިތުރަށް ފައްޔާޒްގެ ޕޯސްޓްގައި ބުނެފައިވަނީ އެމްޓީސީސީގެ ޓެކްސީ ލައިނާއެކު އަމިއްލަ ވިޔަފާރިތަކަށް ގެއްލުން ނުވާނެ ކަމަށް ސަރުކާރުން ބުނަމުންދަނީ އޮޅުވައިލުމަށް ކަމަށާއި، ޓެކްސީ ކުރާ ފަރާތްތަކާ މަޝްވަރާކޮށްގެން ހައްލު ހޯދެން އޮތް ކަމެއްގައި ސަރުކާރުން މިގޮތަށް އަމަލުކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

އަދި ސަރުކާރަށް ފެންނަ އިރަށް ކޮންމެ ފަދަ ވިޔަފާރިއެއްގެ ތެރެއަށް ވެސް ވަނުމަކީ އޮވެގެން ވާނެ އިހުތިޔާރެއް ނޫންކަމަށްވެސް ފައްޔާޒްގެ ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ