މާލެ: 31°C

މެޒޯ މުޙައްމަދު ނިޔާވެއްޖެ

February 12, 2025
359 ފަހަރު ބަލާފައި
މެޒޯ މުޙައްމަދު ނިޔާވެއްޖެ
ރާއްޖޭގެ މަޝްހޫރު މިއުޒިޝަން މެޒޯ މުޙައްމަދު (މެޒޯ މޯޑް) ނިުޔާވެއްޖެއެވެ

ރާއްޖޭގެ މަޝްހޫރު މިއުޒިޝަން މެޒޯ މުޙައްމަދު (މެޒޯ މޯޑް) ނިުޔާވެއްޖެއެވެ

މެޒޯ މުހައްމަދު ނިޔާވެފައިވަނީ އައިޖީއެމް ހޮސްޕިޓަލުގެ އެމަރޖެންސީގައި ފަރުވާދެމުން ދެމުން ދަނިކޮށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މެޒޯ މުޙައްމަދު އަކީ ރާއްޖޭގައި އުފެދުނު އަމިއްލާ މިއުޒިކު އުފެއްދުމުގައި އެއްމެ މަޝްހޫރު މިއުޒިޝަން ގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ ފަރާތެވެ، އަދި އޭނާގެ އަމިއްލަ ރާގުގެ ލަވަތަކަކީވެސް ދިވެހިންގެ މެދުގައި މިހާރުވެސް ވަރަށް މަގުބޫލު ލަވަތަކެކެވެ. އަދި މެޒޭ މުޙައްމަދު އަކީ ރާއްޖޭގެ ރިސޯޓް މިއުޒިކް ގައި މެދުނުކެނޑި އެއްމެ ގިނަދުވަހު މަސައްކަތް ކޮށްފައިވާ ފަރާތެވެ. އެގޮތުން މެޒޯ ބޭންޑުގެ ލަވަތައް މިހާރުވެސް ރިސޯޓް ތަކުގެ ގައި ދަނީ މަގުބޫލުކަން ހޯދަމުންނެވެ.

މީގެ އިތުރުން މެޒޯ މުޙައްމދު އަކީ ރާއްޖޭގެ މިހާރު އެއްމެ މަޝްހޫރު އަންހެން ލަވަކިޔުންގެ ތެރޭގައި ހިމެނޭ މީރާ ގެ ބައްޕަވެސް މެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ