މާލެ: 31°C

ސިކްސް ސެންސް ލާމް ރިސޯޓުގެ ޖީއެމަށް ހަމަލާދިން މައްސަލާގައި ތިން މީހެއްގެ ފޯނު ހިފަހައްޓައިފި

February 12, 2025
300 ފަހަރު ބަލާފައި
ސިކްސް ސެންސް ލާމް ރިސޯޓުގެ ޖީއެމަށް ހަމަލާދިން މައްސަލާގައި ތިން މީހެއްގެ ފޯނު ހިފަހައްޓައިފި
ސިކްސް ސެންސެސް ލާމް ރިސޯޓްގެ ޖެނެރަލް މެނޭޖަރަށް ރިސޯޓްގައި ބަޔަކު ހަމަލާދީ ދިން މައްސަލާގައި ތިން މުވައްޒަފެއްގެ ފޯނު ހިފަހައްޓައިފިއެވެ. 

ސިކްސް ސެންސެސް ލާމް ރިސޯޓްގެ ޖެނެރަލް މެނޭޖަރަށް ރިސޯޓްގައި ބަޔަކު ހަމަލާދީ ދިން މައްސަލާގައި ތިން މުވައްޒަފެއްގެ ފޯނު ހިފަހައްޓައިފިއެވެ. 

އިތުބާރު ހުރި މަސްދަރުތަކުން މިނިވަންއަށް ކުރިން ކަށަވަރު ކޮށްދިން ގޮތުގައި މާޓިން ނަމަކަށް ކިޔާ ޔޫރަޕްގެ ގައުމަކަށް ނިސްބަތްވާ ޖީއެމްއަށް، ރިސޯޓުން ކޮންބައެއްކަން ނޭނގޭ ބަޔަކު ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލިއެވެ. އެއަށް ފަހު ގަމު ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ހޯދުމަށް ފަހު މިހާރު އަލުން އޭނާ ވަނީ މަސައްކަތަށް ނިކުންނަން ފަށާފައެވެ. 

މިނިވަންއަށް އެނގިފައިވާ ގޮތުގައި އެ މައްސަލަ ތަހުގީގު ކުރުމަށް އެ ރިސޯޓަށް ދިޔަ ފުލުހުންގެ ޓީމުން ވަނީ ތިން މުވައްޒަފެއްގެ ފޯނު، ފޮރެންސިކް ތަހުގީގަށްޓަކައި ހިފަހައްޓާފައެވެ. 

"ތިން މުވައްޒަފަކަށް ތުހުމަތު ކުރެވޭ ކަމަށް ވަނީ. އެކަމަކު އަދި ހަރުދަނާ އެއްވެސް ހެއްކެއް ފުލުހުންނަށްވެސް ރިސޯޓަށް ވެސް ހޯދިފައެއް ނެތް،" ރިސޯޓުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

އެރިސޯޓުން ވާހަކަ ދެއްކި މީހަކު ބުނީ އެ މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ