މާލެ: 31°C

ޤާނޫނަށް ބަދަލު ނުގެނެސް، ގިނަ ކޮމިޝަންތަކުގެ މުސާރަ ކުޑަ ކުރެވޭކަށް ނެތް

February 12, 2025
190 ފަހަރު ބަލާފައި
ޤާނޫނަށް ބަދަލު ނުގެނެސް، ގިނަ ކޮމިޝަންތަކުގެ މުސާރަ ކުޑަ ކުރެވޭކަށް ނެތް
ދައުލަތުގެ ހަރަދު ކުޑަކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވައިލާފައިވާ އިގްތިސާދީ އެޖެންޑާގެ ދަށުން މިނިވަން މުއައްސަސާތަކުގެ ވެރިންގެ މުސާރަ ކުޑަކުރަން ފޮނުވި ނަމަވެސް ގާނޫނު ބަދަލު ކޮށްގެން ނޫން ގޮތަކަށް ގިނަ ކޮމިޝަންތަކުގެ ވެރިންގެ މުސާރަ ކުޑަކުރެވެން ނެތްކަން ހާމަވެއްޖެ އެވެ.

ދައުލަތުގެ ހަރަދު ކުޑަކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވައިލާފައިވާ އިގްތިސާދީ އެޖެންޑާގެ ދަށުން މިނިވަން މުއައްސަސާތަކުގެ ވެރިންގެ މުސާރަ ކުޑަކުރަން ފޮނުވި ނަމަވެސް ގާނޫނު ބަދަލު ކޮށްގެން ނޫން ގޮތަކަށް ގިނަ ކޮމިޝަންތަކުގެ ވެރިންގެ މުސާރަ ކުޑަކުރެވެން ނެތްކަން ޔަގީންވެއްޖެ އެވެ.

އިގުތިސޯދީ އިސްލާހީ އެޖެންޑާއަށް ރުހުން ހޯދަން މަޖިލީހަށް ފޮނުވާފައިވަނީ އިއްޔެ އެވެ.

އޭގައި ހިމެނެނީ ސިޔާސީ މުވައްޒަފުންނާއި މަޖިލީހުގެ މެންބަރުންނާއި، ޝަރުއީ ދާއިރާއާއި މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ މުސާރައިން 10 ޕަސެންޓް އުނި ކުރުމެވެ.

ކޮމިޓީން ހޯދި މައުލޫމާތުގެ މައްޗަށް ބިނާކޮށް އެ ކޮމިޓީގެ ސެކެރެޓްރިއޭޓް ވިދާޅުވީ މިނިވަން މުއައްސަސާތަކުގެ ވެރިންގެ ތެރެއިން 6 މުއައްސަސާއެއްގެ ވެރިންގެ މުސާރަ ނުވަތަ އިނާޔަތް މަގާމުގެ މުއްދަތުގެ ތެރޭގައި އުނިނުކުރެވޭނެ ކަމަށެވެ.

އެ މުއައްސަސާތަކަކީ

  1. ޖުޑިޝަލް ސާވީސް ކޮމިޝަން
  2. އިލެކްޝަންސް ކޮމިޝަން
  3. ހިއުމަން ރައިޓްސް ކޮމިޝަން
  4. މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން
  5. ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން
  6. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ

ނަމަވެސް ސިވިލް ސާވީސް ކޮމިޝަން، އޮޑިޓާ ޖެނެރަލް އޮފީސް އަދި ޝަރުއީ ދާއިރާގެ އިތުރުން މަޖިލީހުގެ މެންބަރުންގެ މުސާރަ އަށް ބަދަލެއް ގެނެވިދާނެ ކަމަށް ސެކެރެޓްރިއޭޓް ވިދާޅުވި އެވެ. އެއަށް ފަހު ވިދާޅުވެދެއްވީ ހުރިހާ މުއައްސަސާއެއްގެ މުސާރަ ކުޑަކުރުމުން ހަރަދުގެ ގޮތުގައި ސަލާމަތް ކުރެވޭނެ އަދަދެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ ޖުޑިޝަރީއާ މިނިވަން މުއައްސަސާތަކުގެ މުސާރަ 10 ޕަސެންޓް ކުޑަކުރުމުން 14.1 މިލިއަން ރުފިޔާގެ ސޭވް ވާނެއެވެ. 

ހުސްވި އަހަރުގެ ފެބްރުއަރީ މަހު މިނިވަން މުއައްސަސާތަކުގެ މުސާރަ ބޮޑުކޮށްފައިވެ އެވެ. އެއާ އެކު މިނިވަން މުއަައްސަސާތަކުގެ މުސްތަގިއްލު މަގާމުތަކަށް މުސާރައިގެ ގޮތުގައި 74،000ރ ލިބިވަޑައިގަންނަވާނެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ